ކ. މާލެ
|
18 އޯގަސްޓް 2018 | ހޮނިހިރު 02:22
ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ
ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ތޮއްޑޫ އަންހެން ކަނބަލުން ތިބީ މެޑަމް ފާތުނަން ދޫކުރާކަށް ނޫން: ނިއުޝާ
ޕީޕީއެމްގެ ސިޔާސީ ހަރަކާތަކުން ފެންނަނީ ރައީސް ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް އެކަނި
އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެެއް ކުރަން ތޮއްޑޫ އަންހެން ކަބަލުން ތިބީ ތައްޔާރަށް
ގިނަ އަދަދެއްގެ އަންހެން ކަނބަލުން ތޮއްޑޫގައި ބޭއްވި ޖަލްސާގައި ބައިވެރިކަން ފާހަގަކޮށްލެވޭ

އއ އަތޮޅު ތޮއްޑޫގެ އަންހެން ކަނބަލުން ތިބީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީއަށް ދޫދެއްވާ ގޮތަށް ނޫން ކަމަށް ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވެއްޖެއެވެ.

އއ އަތޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގެ ފަރާތުން ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ނަސީމް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމުގެ ގޮތުން އެ އަތޮޅު ތޮއްޑޫގައި ހުކުރު ދުވަހުގެރެ ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވާހަކަ ދައްކަވަމުން ވިދާޅުވީ ޕީޕީއެމުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކުން ފެނިވަޑައިގަންނަވަނީ ރައީސް ޔާމީންގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ދީދީ އެކަނި ކަމަށެވެ. ޕީޕީއެމުން އަންހެނުންނަން ފުރުސަތުތައް ނެތްކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން ނިއުޝާ ވިދާޅުވީ މި އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްކޮށް، ރައީސްގެ އަނބިކަބަލުން ފާތުންއަށް އެންމެ ތަންކޮޅެއްވެސް ތޮއްޑޫގެ އަންހެން ކަނބަލުން ދޫނުކުރާނެ ކަމަށެވެ.

ތޮއްޑޫގައި ބޭއްވި ޖަލްސާގެ ތެރެއިން 

ރައިސް ޔާމީންގެ އަނބިކަބަލުން ރަށް ރަށައް ވަޑައިގަންވަނީ ބަރު ހަތިޔާރު އެޅި ސިފައިންނާއި އެކީގައިކަން ފާހަގަކުރައްވާ ނިއުޝާ ވިދާޅުވީ އެކަމަނާއަށް މަރުޙަބާ ދަންނަވަން ނުކުންނަވާ ޕީޕީއެމްގެ މެމްބަރުންނާއި ދޭތެރޭގައި ކަންކުރައްވަނީ ކިބުރުވެރި ކަމާއި އެކުގައި ކަމަށެވެ. ތޮއްޑޫގެ އަންހެން ކަނބަލުން ހިތްވަރު ލިބިގަންނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ ފަދަ އަންހެން ކަބަލުންގެ ފަރާތުން ކަމަށް ނިއުޝާ ވިދާޅުވިއެވެ.

އާބާދީގައި ގާތްގަނޑަކަށް 2000 އެއްހާ މީހުން ދިރިއުޅޭ ތޮއްޑޫގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ އަންހެން ކަނބަލުން ބައިވެރިކަން ފާހަގަކޮށްލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް