ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 19:44
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާޙިރު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާޙިރު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ވަޒީފާގެ ބިރު ދެއްކުން
އިމާމުންނަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކާތީ ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފި
އައްޑޫ ސިޓީގެ އިމާމުންނަށް ބިރު ދައްކާކަމަށް ވިދާޅުވި
ބިރު ދައްކަމުންދަނީ ޤާނޫން އަސާސީ، ވަޒީފާއާއި ބެހޭ ޤާނޫން އަދި ސިވިލް ސަރވިސްގެ ޤާނޫނާއި ޚިލާފަށް

އައްޑޫ ސިޓީގެ މިސްކިތްތަކުގެ އިމާމުންނަށް ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުން ދާތީ ޢަދާލަތު ޕާޓީގެ ނައިބު ރައީސް އަލްއުސްތާޛް އަލީ ޒާހިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ހުކުރު ދުވަހު އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި ސަރުކާރަށް ތާޢީދު ނުކުރާތީ އިމާމުންނަށް ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އިސްލާމިކް މިނިސްޓްރީއިން ދެމުންދާކަމަށެވެ. އަދި ޤާނޫނު އަސާސީއާއި ސިވިލް ސަރވިސްގެ ޤާނޫނާއި ވަޒީފާއި ބެހޭ ޤާނޫނާއި ޚިލާފަށް އިމާމުންނަށް ވަޒީފާގެ ބިރު ދައްކަމުންދާތީ އެޖަރީމާ ކުށްވެރިކޮށް، އެކަން ހުއްޓާލުމަށް ގޮވާލައްވާކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. 

ސަރުކާރަށް ތާޢީދުނުކުރާ އިމާމުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމަށް ތުހުމަތުކުރެވޭއިރު، ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދަށް ތާޢިދުކުރާކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމީ މަރުކަޒުގެ 2 އިމާމުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި މީގެ އިތުރުން ޑރ. ޝަހީމްގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އިމާމުންނާއި ބައްދަލުވެސް ކުރެއްވިއެވެ.

އިމާމުންނަށް ވަޒީފާގެ ބިރު ދައްކަމުންދާތީ އެކަމާއި ޢަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ސިވިލް ސަރވިސްގެ އެހެން ދާއިރާތަކުގެ މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ޚާއްސަކޮށް ވެރިކަންކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިނުވާ މުވައްޒަފުންނާއި، އިދިކޮޅު ފަރާތްތަކުގެ ކެންޕެއިންގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކާ މައްސަލަ ވަނީ ބޮޑުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
17 އޯގަސްޓް 2018 | ހުކުރު 17:29
ީީީޭHmmެެއިބު
Hmm ކޮންބައެތަ ބިރުނުދައްކަނީ އެމްޑީޕީޢަށް ވޯޓު ދެވެން ނެެއްވާޙަކަ ބުނެފިޔާ ކަލޭ ވިސްނާގެންހުއްނާށޭ އެބަބުނޭ މިއީބިރުދެއްކުމެއްނުންބާ؟
17 އޯގަސްޓް 2018 | ހުކުރު 16:05
ހ މ ޒ
ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ގަމުގެ ޒުވާނުން ނިކުމެއްޖެ!