ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 19:03
ތޮއްޑޫގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއެކު ފައިސަލް ހިންގަވާފައި އެރަށު އެމްޑީޕީގެ ހަރުގެއަށް ވަޑައިގަންނަވަނީ
ތޮއްޑޫގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއެކު ފައިސަލް ހިންގަވާފައި އެރަށު އެމްޑީޕީގެ ހަރުގެއަށް ވަޑައިގަންނަވަނީ
ރާއްޖެ އެމްވީ
ރިޔާސި އިންތިޚާބު 2018
ތޮއްޑޫ ރައްޔިތުންގެ ހޫނު މަރުޙަބާއަށް ފަހު، މިރޭ ޖަލްސައަށް ތައްޔާރުވެފައި
ތޮއްޑޫން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފައިސަލްއަށް މަރުޙަބާ ދަންނަވަން ނުކުމެފަ
އއ އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ޖުމްލަ އަށް ރަށަކަށް ފައިސަލް ވަނީ ވަޑައިގެންފަ
ތޮއްޑޫގެ ޖަލްސާ ބާއްވަނީ އެރަށު އެމްޑީޕީ ހަރުގޭގަ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގމޭޓް ފައިސަލް ނަސީމް އއ އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމުގެ ގޮތުން އެ އަތޮޅު ތޮއްޑޫގައި ބޮޑު ޖަލްސާއެއް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

އއ އަތޮޅަށް ފައިސަލް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅުގައި ނިންމާލެއްވުމުގެ ގޮތުން ފައިސަލް އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެންނެވުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އާބާދީގައި 2000 އެއްހާ މީހުން ދިރިއުޅޭ ތޮއްޑޫގެ ބަނދަރު ސަރަހައްދަށް ފައިސަލް އަށް މަރުޙަބާ ދަންނެވުމަށް ވަޑައިގެންނެވި ރައްޔިތުންނާއި އެމަނިކުފާނު ސަލާމް ކުރެއްވުމަށްފަހު ހިންގަވާފައި ވަޑައިގެންނެވީ އެރަށު އެމްޑީޕީގެ ހަރުގެއަށެވެ.

ތޮއްޑޫން ވަނީ ފައިސަލް އަށް ހޫނު މަރުހަބާއެއް ދަންނަވާފަ

މި ދަތުރުފުޅުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއިރު، އއ އަތޮޅުގައި ކޯލިޝަނުން ބާއްވާ ބޮޑު ޖަލްސާ މިރޭ 9:30 ގައި ތޮއްޑޫ އެމްޑީޕީ ހަރުގޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފާއި، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ އަމީނާއި، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއި، އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހިމް ހަސަން ބައިވެރިވަޑައިގަންނަވަ އެވެ.

ތޮއްޑޫގެ ބައެއް އަންހެންވެރިންނާއި އެކު ފައިސަލް

އއ. އަތޮޅުގައި ބާއްވާ މި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ވީހާވެސް ގިނަ އާންމު ރައްޔިތުން ބައިވެރިވުމަށް ވަނީ ގޮވާލާފައެވެ.

ބުރާސްފަތި ދުވަހު ފައިސަލް ފެއްޓެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އއ. ހިމަންދޫއަށެވެ. އެއަށް ފަހު ދެން ވަޑައިގަތީ އެ އަތޮޅު މާޅޮސް، ފެރިދޫ އަދި މަތިވެރިއަށެވެ. ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގެންނެވީ ބޮޑު ފުޅުދޫއަށެވެ. އެއަށް ފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ އަދި ތޮއްޑޫއަށް ވަޑައިގެންނެވިއެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ޖުމްލަ އަށް ރަށަކަށް ވަޑައިގެންނެވުމަށް ތޮއްޑޫ ޖަލްސާއަށްފަހު ފައިސަލް މާލެ ވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
17 އޯގަސްޓް 2018 | ހުކުރު 17:46
ބޮޑުތަކުރުފާނު
ތަޖުރިބާނެއްބަޔަކާ ގައުމުހަވާލުކުރުމަކީ މޮޔައެއްގެއަތަ ކނޑިއެއް ދިނުންކަހަލަކަމެ ހުރިހާމީހުންވެސް ގައުމާދޭތެރޭ ވިސްނާވަޑާގައްނަވާ