ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 17:04
އެމްއެންޔޫއިން ސްކޮލާޝިޕް ލިޔުން ހަވާލުކުރި ދަރިވަރުންނާއެކު: ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫއިން ސްކޮލާޝިޕް ލިޔުން ހަވާލުކުރި ދަރިވަރުންނާއެކު: ފޮޓޯ: އެމްއެންޔޫ
ޓްވިޓަރ
އެމްއެންޔޫ
އެމްއެންޔޫއިން 21 ދަރިވަރަކަށް ސްކޮލަރޝިޕް ދީފި
މިއަހަރު ހުޅުވާލި ސްކޮލާޝިޕަށް 140 ދަރިވަރުން ވަނީ ކުރިމަތިލާފައި
އަންޑަގްރެޖުއޭޓް ހޮވުނު 20 ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ފުލް ސްކޮލާޝިޕް ދީފައި

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)އިން ދެވަނަ ސެމިސްޓަރގެ ކިޔެވުން ފެށުމުގެ ކުރިން ކޮންމެ އަހަރަކުު ވެސް ދޭ ސްކޮލަރޝިޕް 21 ދަރިވަރަކަށް ދީފިއެވެ.

އެމްއެންޔޫއިން މިއަހަރު ހުޅުވާލި ސްކޮލަރޝިޕަށް 140 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން ސްކޮލަރޝިޕް ދިނުމަށް އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ ފުރަތަމަ ސެމިސްޓަރގައި އަލަށް ޔުނިވަސިޓީގައި ތައުލީމު ހާސިލް ކުރަން ފެށި ދަރިވަރުންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންނަށްށެވެ.

އެމްއެންޔޫއިން ބުނީ ސްކޮލާޝިޕްގެ ފުރުސަތަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން އަންޑަގްރެޖުއޭޓް ސްކޮލާޝިޕަށް 20 ދަރިވަރުން އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލާޝިޕް ލިބުނު އެއްދަރިވަރަށް ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.

އަންޑަރގްރެޖުއޭޓް ހޮވުނު 20 ދަރިވަރުންގެ ތެރެއިން ދެ ދަރިވަރަކަށް ފުލް ސްކޮލަރޝިޕް ދީފައިވާކަން ފާހަގަކޮށް އެމްއެންޔޫއިން ބުނީ އަންޑަރގްރެޖުއޭޓް ހޮވުނު 18 ދަރިވަރުންނަށް ހިލޭ ޓިއުޝަން ފީ ދީފައިވާ ކަމަށެވެ. އަދި ޕޯސްޓު ގްރެޖުއޭޓް ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށްވެސް ހިލޭ ޓިއުޝަން ފީ ލިބޭނެ ކަމަށް އެމްއެންޔޫއިން މައުލޫމާތުދެއެވެ.

އެމްއެންޔޫއިން ކޮންމެ އަހަރަކުވެސް އެމްއެންޔޫގެ ދަރިވަރުންނަށް ހާއްސަކޮށްގެން ސްކޮލަރޝިޕްގެ ފުރުސަތުތައް ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް