ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 16:52
މަޢާފްކުރުމަށް ނިންމާފައިވަނީ ދިގު މުއްދަތަކުން އަގު އަދާކުރާ ގޮތަށް ފިޝަރީޒް މީނިސްޓްރީއިން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ
މަޢާފްކުރުމަށް ނިންމާފައިވަނީ ދިގު މުއްދަތަކުން އަގު އަދާކުރާ ގޮތަށް ފިޝަރީޒް މީނިސްޓްރީއިން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އިންތިޚާބާއި ދިމާކޮށް އަނެއްކާވެސް ޖޫރިމަނާއެއް މަޢާފްކޮށްފި
މަޢާފްކުރުމަށް ނިންމާފައިވަނީ ދިގު މުއްދަތަކުން އަގު އަދާކުރާ ގޮތަށް ފިޝަރީޒް މީނިސްޓްރީއިން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ
ޖޫރިމަނާ ބަހާލައިގެން އެއް އަހަރާއި ދެ އަހަރާއި ދޭތެރޭ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް އިތުރު ފުރުސަތެއް ދޭން ވަނީ ނިންމާފައި

ރިޔާސީ އިންތިޚާބަކަށް މަހެއްހާ ދުވަހަށް ވެފައިވަނިކޮށް އަނެއްކާވެސް އިތުރު ޖޫރިމަނާއެއް މަޢާފްކުރުމަށް ސަރުކާރުން ނިންމައިފިއެވެ. 

އެގޮތުން މިފަހަރު މަޢާފްކުރުމަށް ނިންމާފައިވަނީ ދިގު މުއްދަތަކުން އަގު އަދާކުރާ ގޮތަށް ފިޝަރީޒް މީނިސްޓްރީއިން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާއެވެ. އެކަން އިއުލާންކުރައްވާފައިވަނީ ހުކުރު ދުވަހު ހެނދުނު ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ކުރެއްވި ޓްވީޓެއްގައެވެ. ޑރ. ޝައިނީ ވިދާޅުވީ ދިގު މުއްދަތަކުން އަގު އަދާކުރާ ގޮތަށް ފިޝަރީޒް މީނިސްޓްރީއިން ދޫކޮށްފައިވާ އިންޖީނުތަކާއި ދޯނިތަކުގެ ޖޫރިމަނާ ބަހާލައިގެން އެއް އަހަރާއި ދެ އަހަރާއި ދޭތެރޭ ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް އިތުރު ފުރުސަތެއް ދޭން ރައީސް ޔާމީން ނިންމަވައިފިކަމަށެވެ. 

ސަރުކާރުން މަޢާފްކޮށްދިނުމަށް ނިންމީ 1992 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާއި ދެމެދު އޭރުގެ ސަރުކާރުން ދިގު މުއްދަތުގައި ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީއިން ދޫކޮށްފައިވާ ދޯނިތަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ނުދައްކާތީ އަރާފައިވާ ޖޫރިމަނާއެވެ. 

މިދޯނިތަކަށް ފައިސާ ނުދައްކާތީ ބައެއް ފަރާތްތަކުން ދޯނިތައް އަތުލުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް 2016 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީއިން ހާމަކުރިއެވެ. 

އިންތިޚާބާއި ދިމާކޮށް ސަރުކާރުން ޖޫރިމަނާތައް މަޢާފްކުރަމުން ދާތީ ބައެއް ފަރާތްތަކުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް، އެއީ މަޤާމުންގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއްކަމަށް ސިފަކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް