ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 14:28
ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް ފޮނަދޫ ރައްޔިތަކު ފައިސާ ހަދިޔާ ކުރަނީ
ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑަށް ފޮނަދޫ ރައްޔިތަކު ފައިސާ ހަދިޔާ ކުރަނީ
ރާއްޖެއެމްވީ
އަބުރުފުޅު ފަންޑު
ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑު ފޮށްޓެއް ފޮނަދޫގައި ހުޅުވައިފި
ފަންޑު ފޮށްޓެއް ހުޅުވާފައިވަނީ ލ ފޮނަދޫ އެމްޑީޕީ އޮފީހުގައި
ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބްރޯޑްކޮމްއިން ހިންގާ ޖަރީމާތަކަށް ނޫނެކޭ ބުނުމުގެ ގޮތުން މި ފަންޑަށް އެހީތެރިވަމުން

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއި ގުޅިގެން އެހީވުމަށް ލ. ފޮނަދޫގައި އަބުރުފުޅު ފަންޑެއް ހުޅުވައިފި އެވެ. 

ފޮނަދޫ ރައްޔިތުން އިސް ނަގައިގެން ރާއްޖެ ޓީވީއަށް އެހީތެރިވުމަށް މިމަހުގެ ދިހަ ވަނަ ދުވަހު ފަންޑް ފޮށްޓެއް ހުޅުވާފައިވަނީ ލ ފޮނަދޫ އެމްޑީޕީ އޮފީހުގައެވެ. އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބްރޯޑްކޮމްއިން ހިންގާ ޖަރީމާތަކަށް ނޫނެކޭ ބުނުމުގެ ގޮތުން މި ފަންޑަށް އެހީތެރިވަމުންނެވެ.

ރާއްޖެ ޓީވީ ޖުރިމާނާ ކުރުމުން އަބުރުފުޅު ފަންޑު ހުޅުވައިދެއްވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ރާއްޖެޓީވީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ. ރާއްޖެޓީވީއަށް އެހީތެރިވުމަށްޓަކައި އަބުރުފުޅު ފަންޑު އިބޫ ހުޅުއްވައިދެއްވުމާ އެކު، ރާއްޖެޓީވީއަށް ތާއީދު ކުރާ ގިނަ ފަރާތްތަކުން އަންނަނީ އެކި ރަށްރަށުގައި ފަންޑު ހުޅުވަމުންނެވެ. 

މިއީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ތިން ފަހަރު މަތިން ޖުމުލަ 1.7 މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ވަނީ ޖޫރިމަނާކޮށްފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް