ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 14:02
ތިނަދޫ މިސްކިތުގެ ހަރިންމަ ތެރޭގައި ޝަހީމް ހިންގެވި ސިޔާސީ ހަރަކާތް
ތިނަދޫ މިސްކިތުގެ ހަރިންމަ ތެރޭގައި ޝަހީމް ހިންގެވި ސިޔާސީ ހަރަކާތް
ސޯޝަލް މީޑިއާ
ރިޔާސީ އިންތިޚާބު 2018
މިސްކިތުގައި ޝަހީމް ހިންގެވި އަމަލަކީ ދީނަށް ކުރި ފުރައްސާރައެއް: ޑރ. އިޔާޒް
މިސްކިތު ހަރިންމަ ތެރޭގައި ސިޔާސީ ހަރަކާތް ހިންގާފައިވޭ
އެ އަމަލު ހިންގާފައި ވަނީ ގދ. ތިނަދޫގައި
ގިނަ ބައެއްގެ ފާޑުކިޔުން ޝަހީމަށް ދަނީ އަމާޒުވަމުން

ގދ. ތިނަދޫ މިސްކިތުގެ ހަރިންމަތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގެވި ކެމްޕެއިން ހަރަކާތަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ.  މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒު އެހެން ވިދާޅުވީ ޝަހީމްގެ ސިޔާސަތުގެ ދަށުން އަންހެނުންނާއި ފިރިހެނުން ގައިގޯޅިކޮށް ތިނަދޫ އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައި ސިޔާސީ ހަރަކާތްތަކެއް ހިންގެވި މައްސަލާގައި މަހުލޫފު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޓީޝާޓު ލައިގެން ތިބި ޒުވާން އަންހެނުންނާއި ފިރިހެނުންނާ އެކު ތިނަދޫ މިސްކިތުގެ ހަރިންމަ ތެރޭގައި ޝަހީމް ސިޔާސީ ހަރަކާތް ހިންގެވީ ބުރާސްފަތި ދުވަހުގެ ހަވީރު، އެ ރަށަށް ވަޑައިގެން، އެ ރަށުގައި ތިބި ޕީޕީއެމް ސަޕޯޓަރުންތަކަކާއެކުގައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ހަރަކާތުގެ ފޮޓޯތަކުން ފެންނަ ގޮތުން ހަށިގަނޑުގެ ވަނާތައް ފާޅުވާ ގޮތަށް ބާރު ހެދުން ލައިގެން ތިބި އަންހެނުންގެ މެދުގައި ހުންނަވައިގެން، ޝަހީމް ވަނީ ފޮޓޯ ނަންގަވާފައެވެ. ފޮޓޯތަކުން ފެންނަ ގޮތުން، އަންހެން ވެރިންގެ މެދުގައި ޝަހީމް އިށީންދެގެން އިންނަނީ ތިނަދޫ މިސްކިތުގެ ސިޑިމަތީގައެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކޮށް، ތިނަދޫގެ މިސްކިތުގެ ހަރިންމަ ތެރޭގައި ސިޔާސީ ހަރަކާތް ހިންގާފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން މިސްކިތްތަކުގައި ސިޔާސީ ހަރަކާތް ހިންގައިގެން ނުވާނެ އެވެ. 

ސިޔާސީ ޕާޓީތަކުން ތަބާވާން ޖެހޭނެ ސުލޫކީ މިންގަނޑު ބަޔާން ކުރާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 44 ވަނަ (ބ)ގައި ބުނެފައި ވަނީ މިސްކިތްތަކާއި ސިއްހީ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ތަންތަނަކީ ސިޔާސީ ހަރަކާތްތައް ބާއްވާ ތަންތަން ކަމުގައި ހަދައިގެން ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
17 އޯގަސްޓް 2018 | ހުކުރު 09:18
Babbu
Kushakahvanyvaki bayaku kureema
17 އޯގަސްޓް 2018 | ހުކުރު 08:39
Aminath
Shaheym ah. maarangalha dheen ingenn tha. meedhen thankolheh boduvaru dheen ingunas