ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 08:53
މިސްކިތުގެ ހަރިންމަ ތެރޭގައި، އަންހެން ކުދިންނާ އެކު ޑރ. ޝަހީމް
މިސްކިތުގެ ހަރިންމަ ތެރޭގައި، އަންހެން ކުދިންނާ އެކު ޑރ. ޝަހީމް
ސޯޝަލް މީޑިއާ
ރިޔާސީ އިންތިހާބު 2018
މިސްކިތު ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނި ކޮށްގެން ޝަހީމް ކެމްޕޭން ކޮށްފި
ޝަހީމް އެ އަމަލު ހިންގެވީ ގދ. ތިނަދޫގައި
ޕީޕީއެމަށް ތާއިދު ހޯދުމުގެ ގޮތުން ހިންގި ހަރަކާތެއް
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވޭ

ގދ. ތިނަދޫ މިސްކިތުގެ ހަރިންމަ ތެރޭގައި ދެ ޖިންސު މަސްހުނިކޮށްގެން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހިންގެވި ކެމްޕެއިން ހަރަކާތާ ގުޅިގެން، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ޓީޝާޓު ލައިގެން ތިބި ޒުވާން އަންހެނުންނާއި ފިރިހެނުންނާއެކު ތިނަދޫ މިސްކިތުގެ ހަރިންމަ ތެރޭގައި ޝަހީމާއެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެގޮތުން ހަށިގަނޑުގެ ވަނާތައް ފާޅުވާ ގޮތަށް ބާރު ހެދުން ލައިގެން ތިބި އަންހެނުންގެ މެދުގައި ހުންނަވައިގެން، ޝަހީމް ވަނީ ފޮޓޯ ނަގައިފައެވެ. ފޮޓޯތަކުން ފެންނަ ގޮތުން، އަންހެން ވެރިންގެ މެދުގައި ޝަހީމް އިށީންދެގެން އިންނަނީ ތިނަދޫ މިސްކިތުގެ ސިޑިމަތީގައެވެ.

ތިނަދޫއަށް ވަޑައިގެން ޝަހީމް ހިންގެވި މި އަމަލުތަކާ ގުޅިގެން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަހީމްގެ ދީނީ ސިޔާސަތުގެ ދަށުން އަންހެނުންނާއި ފިރިހެނުން ގައިގޯޅިކޮށް މިސްކިތުގައި ސިޔާސީ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.

ޝަހީމްގެ އެ އަމަލާ ގުޅިގެން، ސަރުކާރަށް ތާއިދު ކުރާ ދީނީ އިލްމުވެރިން އެއްވެސް އެއްޗެއް ވިދާޅުނުވެ ހިމެނޭނުން ތިއްބަވާތީ ބައެއް މީހުން ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަހުލޫފު ވެސް ވަނީ އެކަމާ ގުޅިގެން ސަރުކާރުގެ ބައެއް ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް އަބްދުﷲ ޔާމީނަށް ތާއިދުކޮށް، ތިނަދޫގެ މިސްކިތުގެ ހަރިންމަ ތެރޭގައި ސިޔާސީ ހަރަކާތް ހިންގާފައިވާއިރު، ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން މިސްކިތްތަކުގައި ސިޔާސީ ހަރަކާތް ހިންގައިގެން ނުވާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ތަބާވާން ޖެހޭނެ ސުލޫކީ މިންގަނޑު ބަޔާން ކުރާ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 44 ވަނަ (ބ)ގައި ބުނެފައި ވަނީ މިސްކިތްތަކާއި ސިއްހީ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ތަންތަނަކީ ސިޔާސީ ހަރަކާތްތައް ބާއްވާ ތަންތަން ކަމުގައި ހަދައިގެން ނުވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް