ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 17:13
ކޮޗިންގައި ފެންބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހުނު އާއިލާއެއް ރައްކާތެރި ހިސާބަށް ދަތުރު ކުރަނީ
ކޮޗިންގައި ފެންބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހުނު އާއިލާއެއް ރައްކާތެރި ހިސާބަށް ދަތުރު ކުރަނީ
ގޫގުލް
އިންޑިއާގައި ފެންބޮޑުވުން
ފެން ބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހުނު ދިވެހިން ޓްރިވަންޑްރަމްއަށް ބަދަލު ކުރަނީ
ކޮޗިންގެ އަމްރީތާ ހޮސްޕިޓަލާއި އެއާޕޯޓުގެ ޚިދުމަތް ވަނީ މެދުކެޑިފައި
ދިވެހިން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަނީ ބަސް ބޭނުން ކޮށްގެން
ބުރާސްފަތި ދުވަހުގެ ރޭ ވެސް 24 ދިވަހި އާއިލާ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އިންޑިއާގެ ކެރެލާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި ކޮޗިންގައި ފެންބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހުނު ދިވެހިންނަށް އެހީ ފޯރު ކޮށްދެމުން ދާކަމަށް ޓްރިވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ބުނެފިއެވެ.

ކޮޗިންގެ އަމްރީތާ ހޮސްޕިޓަލް ކައިރީގައި ފެންބޮޑުވުމާއި ގުޅިގެން ހާލުގައި ޖެހުނު ދިވެހިން ޓްރިވިންޑްރަމްއަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ދިވެހިން ވަނީ ޓްރިވެންޑްރަމަށް ބަދަލުކޮށްފަ އެވެ. 

ކޮޗިންގްގެ ވިއްސާރައާ ގުޅިގެން އެ ސިޓީގެ އެއާޕޯޓް އޯގަސްޓް މަހު 26 އާ ހަމައަށް ބަންދު ކޮށްފައިވާއިރު އަމްރީތާ ހޮސްޕިޓަލާއި އެ ސިޓީގެ ގިނަ ހޮސްޕިޓަލްތަކުގެ ޚިދުމަތް ވަނީ މެދު ކެނޑިފައެވެ. 

ވިއްސާރާއިގެ ޓްރިވިންޑްރަމްގައި ހާލުގައި ޖެހުނު ދިވެހިނަގެ ތެރެއިން 24 އާއިލާ މިވަގުތު ވެސް ދަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބުނެފައެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން 14 ޑިސްޓްރިކެޓެއްގައި ވަނީ ރެޑް އެލާޓް ނެރެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭއިރު ވިއްސާރައިގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ ގާތްގަނޑަކަށް 100 އަށް އަރާފައެވެ. ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ބައި މިލިއަނަށް ވުރެ ގިނަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް