ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 09:00
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ
އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ
މުރުޝިދް އަބްދުލް ހަކީީމް
ރިޔާސީ އިންތިހާބު 2018
ސެޕްޓެމްބަރުގައި 23 ވަގު ހިފާނަން: މުހަންމާ
ރައީސް ޔަމީން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް މުހައްމާ ގޮވާލެއްވި

އަންނަ ސެޕްޓެމަބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރީއްޗަށް "ވަގުހިފާނެ" ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީގައި ބޭއްވި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި މުހަންމާ ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގައި ރައީސް އަބުދުﷲ ޔާމީން ބޮޑު ތަނުން ބަލިކުރާނެ ކަމަށެވެ އަދި އޭގެ ކުރިން މި ރާއްޖޭގެ ރައްޔިތުންނަށް އެ މަނިކުފާނުގެ ވެރިކަމުގައި ކޮށްފައިވާ އަނިޔާތަކަށް ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް ރައީސް ޔާމީނަށް މުހައްމާ ގޮވާލެއްވި އެވެ. 

"ކުރެވިފައިވާ ކަންކަމަށް ރައްޔިތުންގެ ކިބައިން މާފަށް އެދެން ވީ. އެހެން ނޫނީ ރައްޔިތުން ބަދަލު ހިފާނެ. ވަގު ހިފާނެ" މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވީ ރައީސް އަބުދުﷲ ޔާމީނަށް މިގައުމުގެ ފަސްގަނޑުން ކުޑަވެސް ޖާގައެއް ލިބިވަޑައިގަންނަވާނީ، ކުރެވިފައިވާ ކަންކަމަށް މާއާފަށް އެދިވޑައިގަނެގެން ކަމަށެވެ. ނޫންނަމަ އެމަނިކުފާނަށް އޮތީ ޖަލު ކަމަށް މުހައްމާ ވިދާޅުވިއެވެ.

މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގާނޫނާ ހިލާފަށް ކަނޑައަޅާފައިވާ މުހައްމާ ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީނަށް ދެވަނަ ދައުރެއް ދެއްވަން ހެޔޮނުވާނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެއްކަމެއްގެ ވާހަކަ ދެ ފަހަރު ދެ ގޮތަށް ބަދަލުކުރައްވައިގެން ދެއްކެވުމެވެ. އެގޮތުން އޭނާ ވަނީ ރިލުވާނުގެ މަރުގެ މައްސަލަ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް