ކ. މާލެ
|
17 އޯގަސްޓް 2018 | ހުކުރު 08:46
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ވީނިއުސް
ރިޔާސީ އިންތިހާބު 2018
ކުރީގެ ޕީޖީ މުހުތާޒް މުހުސިން އަދިވެސް ރީ-ރަޖިސްޓްރީކޮށެއް ނުދޭ!
މުހުތާޒް ރީ-ރަޖިސްޓަރކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި ވަނީ އެދިވަޑައިގެންފައި

ކުރީގެ ޕްރޮސިކއިުޓަރ ޖެނެރަލް މުހުތާޒް މުހުސިން، މާފުށީ ޖަލަށް ވޯޓުލުމަށް ރީ-ރަޖިސްޓްރީކޮށްދީފައިނުވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ޤާނޫނީ ވަކީލް، އަދި މުހުތާޒްގެ އަނބިކަނބަލުން ސާދިޔާ އާދަމް ކުރެއްވި ޓުވީޓެއްގައިި ވިދާޅުވީ ވޯޓުލުމުގެ ހައްޤަކީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ކަށަވަރުކޮށްދީފައިވާ ހައްޤެއް ކަމަށެވެ. ނަމަވެސް ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވެ، 5 ދުވަސް ފާއިތުވެދިޔައިރުވެސް މުހުތާޒް ރީ-ރަޖިސްޓަރ ކޮށްދީފައިނުވާކަމަށް ސާދިޔާ ވިދާޅުވި އެވެ. 

ސާދިޔާ ވަނީ މުހުތާޒް ރީ-ރަޖިސްޓަރ ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފަ އެވެ. 

ސަރުކާރާއި ހިޔާލު ތަފާތުވުމުގެ ސަބަބުން އެކި ތުހުމަތުތައްކޮށް، ޖަލަށްލާފައިވާ ގިނަ ސިޔާސީ ބޭފުޅުންގެ ރީ-ރަޖިސްޓްރޭޝަންގެ މައްސަލައިގައި އާއިލާތަކުންނާއި ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެތެރެއިން ބައެއް ބޭފުޅުން ރީ-ރަޖިސްޓްރީކޮށްދީފައި ވާއިރު، އަދިވެސް ބައެއް ބޭފުޅުން ރީ-ރަޖިސްޓްރީކޮށްދީފައެއް ނުވެ އެވެ. 

ޖަލުގައި ތިބޭ ފަރާތްތައް ރީ-ރަޖިސްޓްރީކޮށްދިނުމަކީ ކަރެކްޝަނަލް ސާރވިސްގެ ޒިންމާއެކެވެ. 

ޖަލުގައި ތިިބި ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންގެ  ވޯޓް ރީ-ރަޖިސްޓްރޭޝަންގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން އަންނަނީ ހާމަވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް