ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 14:47
ހުސައިން އަދުނާނު ދަތުރުކުރި ދޯނި
ހުސައިން އަދުނާނު ދަތުރުކުރި ދޯނި
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ
އޭނާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ
ދޯނީގައި ދަތުރަށް ނުކުމެފައިވަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު

ނ.ޅޮހިން ފުރައިގެން ދަތުރުކުރި ދޯންޏާއި އެކު ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނީގައި ދަތުރަށް ނުކުމެފައިވަނީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އޭނާ ފެނިފައިވަނީ ސީ ޕްލޭންގައި ވައިގެ މަގުން ހޯދަމުން ދަނިކޮށް ކަމަށާއި މިހާރު އޭނާ ވަނީ ކޯސްޓްގާޑް ލޯންޗުގައި އެ އަތޮޅު މަނަދޫއަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު ބުދަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއިއެކު އެ ދޯނި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ 22:30 ހާއިރު ޅޮހިން ފުރި އެ ދޯންޏާއި އެންމެ ފަހުން ގުޅިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު ކަމަށާއި އޭރު އެދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އެ ދޯންޏަކީ 15 ފޫޓް ދިގު، ބޭރުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ، 15 ހޯސްޕަވަރުގެ އައުޓްބޯޑް ސުޒުކީ އިންޖީނެއް އަޅާފައިވާ ދޯންޏެއްކަމަށް ވެސް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 އޯގަސްޓް 2018 | ހުކުރު 11:04
ވަށްތަރީ ވޯޓު ހޯދުމުގެ
ވަށްތަރީ ވޯޓު ހޯދުމުގެ ސްޓަންޓް އަކާ، ޖަޒްބާތު ޓެކްޓިކް
17 އޯގަސްޓް 2018 | ހުކުރު 11:02
ގެއްލުނީ ދެރަށު ދެމެދުން
ގެއްލުނީ ދެރަށު ދެމެދުން
16 އޯގަސްޓް 2018 | ބުރާސްފަތި 10:19
Pokki
Fenunee kihaa hisaabun kameh neynge. Ekamaku dhoaneega alhaafa huri engine ge brand aa ufedhi gaumaa etherekuri thaareehaa gadi aa obeh