ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 14:36
ގުޅިއަށް ވަޑައިގެން އެރަށުގައި ތިބި ޒުވާނުންތަކަކާ ވާހަކަ ދައްކަވަނީ
ގުޅިއަށް ވަޑައިގެން އެރަށުގައި ތިބި ޒުވާނުންތަކަކާ ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ގްރީން ޓެކްސްގެ ބައެއް ރަށު ކައުންސިލްތަކަށް ދޭނަން: އިބޫ
ވޯޓާސްޕޯޓްސް ބެހޭ ޓްރޭނިން ދޭން ފައްޓަވާނެ ކަމަށް އިބޫ ވިދާޅުވި

ގެސްޓް ހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާއިން ބައެއް ރަށްރަށުގެ ކައުންސިލްތަކަށް ދޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކ.ގުޅިއަށް ވަޑައިގެން ކެމްޕެއިން ޖަގަހަ ހުޅުވާ ދެއްވުމަށް ފަހު އިބޫ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ގްރީން ޓެކްސް އަކީ ތިމާވެށި ރައްކާތެރިކޮށް ބޭއްވުމަށް ނެގޭ ޓެކްސްއެއް  ކަމަށެވެ. ނަމަވެސް ގުޅީގައި ވެސް ކުނި ނައްތާލުމުގެ މައްސަލައަށް ހައްލެއް ނުލިބިފައިވާ ކަމަށާއި ކޯލިޝަން ސަރުކާރެއްގައި ގްރީން ޓްކްސްގެ ބައެއް ކައުންސިލްތަކަށް ދެއްވާ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެހެންމެ އޭރުން އެރަށުގައި ތިމާވެށި ރީތިކޮށް ބޭއްވުމަށް ކަންކަން ކުރުމުގެ މަސައްކަތް ކައުންސިލްތަކަށް ކުރެވޭނެ ކަމަށް އިބޫ ފާހަގަ ކުރެއްވި އެވެ.  

މީގެ އިތުރުން ގުޅީގައި ވެސް ގޯތި ބޭނުންވާ މީހުން މިހާރު ވެސް ތިބި ކަމަށާއި އެހެން ނަމަވެސް ގޯތި އެންމެނަށް ދެވޭނެ ވަރުގެ ބިމެއް ނެތްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި ގޯތިދެވޭނެ ގޮތް ހަމަ ޖައްސަވާ ދެއްވާނެ ކަމަށެވެ.  

ހަމަ އެހެންމެ ފެނާ ނަރުދަމާގެ ނިޒާމް ގުޅީގައި ވެސް ގާއިމު ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. ގުޅީގައި ނަރުދަމާ އާއި ފެނުގެ ނިޒާމް ގާއިމު ކޮށްދޭނެ ކަމަށް ބުނެ ސަރުކާރުން ދައްކާ ވާހަކައަކީ "ދައްކާ ދަޅައެއް" ކަމަށް އިބޫ ވިދާޅުވި އެވެ.  

އަދި ވޯޓާސްޕޯޓްސް ބެހޭ ޓްރޭނިންގ ދީ ރަށްރަށުގައި އެ ކުޅިވަރު އާލާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.     

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް