ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 11:23
އިންތިޚާބެއްގައި މީހަކު ވޯޓުލަނީ
އިންތިޚާބެއްގައި މީހަކު ވޯޓުލަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
ރިޔާސީ އިންތިޚާބުގެ އެއްވެސް ކަމެއްގައި އދ ގެ ބައިވެރިވުމެއް ނެތް!
މީގެ އަހަރެއް ކުރިން ހެދި އެސެސްމެންޓެއް ހަދާފައިވޭ
އެއްބާރުލުން ދޭން ޖެހޭ ފަދަ މާހައުލެއް ރާއްޖޭގައި ނެތްކަން ފާހަގަކުރޭ
މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދޭ

އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ އެއްވެސް ކަމެއްގައި، މި ފަހަރު އދ އިން ބައިވެރިނުވާނެ ކަމަށް ބުފިއެވެ.

މިފަހަރުގެ ރިޔާސ އިންތިޚާބުގެ އެއްވެސް ކަމެއްގައި އދ އިން ބައިވެރިނުވާއިރު، މީގެ ކުރިން ބޭއްވި އިންތިޚާބުތަކުގައި އެ ޖަމާއަތުން އައީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ތަފާތު ގޮތް ގޮތުން އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

އދ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ ރެސިޑެންޓް ކޯޑިނޭޓާގެ އޮފީހުގެ ފަރާތުން ވާހަކަ ދެއްކެވި އައިމިނަތު ހުދާ ރާއްޖޭގެ އޮންލައިން ނޫހަކަށް ވިދާޅުވެފައިވަނީ އިންތިހާބު އޮބްޒާވް ކުރުމުގައި އދ ގެ ފަރާތުން މިފަހަރު ބައިވެރި ނުވާނެ ކަމަށެވެ.

ހުދާ ވިދާޅުވީ އިންތިހާބު އޮބްޒާވް ކުރުމުގައި ބައިވެރި ނުވުމުގެ އިތުރުން މީގެ ކުރިން އެކި ގޮތްގޮތަށް އެހީ ފޯރުކޮށްދިނުން ފަދަ އެއްވެސް ކަމެއްގައި ވެސް އދ މިފަހަރު ބައިވެރި ނުވާނެ ކަމަށެވެ.

ހުދާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިވާނަމަ އދގެ ސެކިއުރިޓީ ކައުންސިލުން ނިންމަންޖެހޭ ކަމަށެވެ.

އދ. އިން ރާއްޖޭގައި ބާއްވަން ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި ބައިވެރިނުވާން ނިންމި އިރު، އެ ޖަމާއަތުގެ ގެ ޕޮލިޓިކަލް އެފެއާސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މިރޯސްލާވް ޖެންކާ ވަނީ މިދިޔަ ހަފްތާގައި ރާއްޖެ ވަޑައިގެންފައެވެ.

މިރޯސްލާވް ޖެންކާގެ މި ދަތުރުފުޅުގައި ރައީސް އަބްދުﷲ ޔާމީންގެ އިތުރުން އިދިކޮޅު ފަރާތްތަކާ ބައްދަލު ކުރައްވާފައިވެއެވެ.

އެ ބައްދަލުވުމަށް ފަހު ސަރުކާރުން ބުނެފައިވަނީ މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް އެހީތެރިވެދޭނެ ކަމަށް އދ. އިން ބުނެފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އދގެ ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުން ވަނީ ރާއްޖޭއާ ބެހޭ އެސެސްމަންޓެއް ހަދާފައެވެ. އެސެސްމަންޓް ހަދާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

އެގޮތުން އދ. އިން އެއްބާރުލުން ދޭން ޖެހޭ ފަދަ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް އެ އެސެސްމަންޓުން ދެއްކި ކަމަށް އެނގިފައިވެއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް