ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 11:13
ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް:- އިބޫ މިއަދު ތިން ރަށަކަށް ވަޑައިގަންނަވާނެ
ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް:- އިބޫ މިއަދު ތިން ރަށަކަށް ވަޑައިގަންނަވާނެ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ކ. އަތޮޅުގެ ތިން ރަށަކަށް އިބޫ ފުރާވަޑައިގެންފި
މިއަދު ވަޑައިގަންނަވަނީ ގުޅި، މާފުށި،ގުރައިދޫ

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ކ.އަތޮޅުގެ ތިން ރަށަކަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ފުރާވަޑައިގެންފި އެވެ.  

މިއަދު އިބޫ ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ ކ.ގުޅި އާއި މާފުއްޓާއި ގުރައިދޫ އަށެވެ. މި ރަށްތަކުގެ ތެރެއިން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަ ޖެހިފައިވަނީ ގުޅި އަށެވެ. އަދި މެންދުރު އެމަނިކުފާނު ހުންނެވުމަށް ހަމަ ޖެހިފައިވަނީ މާފުށީގަ އެވެ. އަދި އޭގެ ފަހުން ހަވީރު ގުރައިދޫއަށް ވަޑައިގަތުމަށް ފަހު އެނބުރި މިއަދު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި އެވެ.  

މިދަތުރުފުޅުގައި އިބޫ ވަޑައިގަންނަވާ ތިން ރަށުގައި ވެސް ކެމްޕެއިން ޖަގަހައެއް ހުޅުވުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި މާފުށީގައި ބައެއް ގެސްޓްހައުސްތަކަށާއި ބައެއް މީހުންގެ ގެތަކަށް އިބޫ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ގުރައިދޫގައި ވެސް ބައެއް ގެތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.  

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި އިބޫ މިހާތަނަށް ރާއްޖޭގެ ގިނަ ރަށްތަކަށް ވައިގެންފައިވާއިރު އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވެސް ގިނަ ރަށްތަކަށް ދަނީ ވަޑައިގެން ކެމްޕެއިން ކުރައްވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް