ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 08:43
ކެމްޕެއިން ދަތުެރުފުޅެއްގައި ފައިސަލް އއ އަތޮޅަށް ފުރާވަޑައިގަންނަވަނީ
ކެމްޕެއިން ދަތުެރުފުޅެއްގައި ފައިސަލް އއ އަތޮޅަށް ފުރާވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރަޝިއާގެ ރިޔާސީ އިންތިހާބު
ދެ ދުވަހުގެތެރޭ އއ އަތޮޅުގެ އަށް ރަށަކަށް ފައިސަލް ވަޑައިގަންނަވާނެ
މަތިވެރި އަދި ތޮއްޑޫގައި ޖަލްސާ ބޭއްވުމަށް ވަނީ ނިންމާފަ
ކޮންމެ ރަށެއްގައި ވެސް ދޮރުން ދޮރަން ކެމްޕެއިން ކުރިއަށް ގެންދަވާނެ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓް ފައިސަލް ކެމްޕެއިން ދަތުރުފުޅެއްގައި އއ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.

އަންނަ މަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ފައިސަލްއާއި އެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމް އއ އަތޮޅުގެ އަށް ރަށަކަށް ވަޑައިގަތުމަށް ފުރާވަޑައިގެންނެވީ ބުރާސްފަތި ދުވަހު ހެނދުގައެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ފައިސަލް އއ އަތޮޅުގެ އަށް ރަށަކަށް ވަޑައިގެން އެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވާނެވެ.

ބުރާސްފަތި ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އއ. ހިމަންދޫއަށެވެ. އެއަށް ފަހު އެ އަތޮޅު މާޅޮސް، ފެރިދޫ، މަތިވެރިއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން ދޮރުން ދޮރަން ކެމްޕެއިން ފައިސަލް ކުރިއަށް ގެންދަވާއިރު ބުރާސްފަތި ދުވަހުގެ ރޭ ފައިސަލްގެ ޓީމުން އއ އަތޮޅުގައި ބާއްވާ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ،

ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބޮޑު ފޮޅުދޫއަށެވެ. އެއަށް ފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ، ތޮއްޑޫއަށް ވަޑައިގަންނަވާނެވެ. ހުކުރު ދުވަހު ހަވީރު ތޮއްޑޫއަށް ފައިސަލް ވަޑައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ އެމަނިކުފާން ހުޅުއްވާ ދެއްވާއިރު، ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ ވެސް ބާއްވަން ނިންމާފައި ވަނީ ތޮއްޑޫގައެވެ.

ފައިސަލް އާއި އެކު މި ދަތުރުފުޅުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނާއި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރ މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބައެއް ކައުންސިލް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަޑައިގަންނަވާކަން ފާހަގަ ކޮށްލެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް