ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 04:42
ރައީސް މައުމޫންގެ ފޮޓޯ ޕޯސްޓަރު
ރައީސް މައުމޫންގެ ފޮޓޯ ޕޯސްޓަރު
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
މާބައިދޫގައި ހަރުކޮށްފައި ހުރި ރައީސް މައުމޫނުގެ ފޮޓޯ ޕޯސްޓަރު ފުލުހުން ނައްޓާލައިފި
ފުލުހުން މިޕޯސްޓަރު ނައްޓާލީ ހަލާކުކޮށްލައިގެން
ބާރުގެ ބޭނުންކޮށްގެން މިސަރުކާރުން ހިންގާ މިފަދަ އަމަލުތަކުން ރައީސް ޔާމިނަށް ލިބޭ ތާއީދެއް ނޯންނާނެ
ރައީސް މައުމޫނަށް ތާއީދުރާ ހުރިހާ އެންމެން ވެސް ވޯޓު ދޭނީ އިބޫއަށް

ލ. މާބައިދޫގައި ކުރީގެ ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން ހަރުކޮށްފައިހުރި އެމަނިކުފާނުގެ ފޮޓޯ ޕޯސްޓަރު ފުލުހުން ނައްޓާލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން އަބްދުއްޤަޔޫމްގެ ރިފޯމް މޫވްމެންޓްގެ މެމްބަރު އަދި ޕީޕީއެމް ކައުންސިލްގެ ކުރީގެ މެމްބަރު އާމިނަތު ނާދިރާ ވިދާޅުވީ މާބައިދޫގައި ރައީސް މައުމޫނުގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރު ފުލުހުންގެ ބާރު ބޭނުންކޮށްގެން ބުދަ ދުވަހު ނަގާފައިވާ ކަމަށެވެ.

ނާދިރާ ވިދާޅުވީ ކުށްވެރިންގެ ފޮޓޯ ބޭނުން ކޮށްގެން ކެންޕޭން ނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން އަންގާފައިވާތީ ފުލުހުން ގޮސް އެ ޕޯސްޓަރު ނައްޓާލީ އެސަރައްހަދަށް އެއްވެ ތިބި އާންމުން ދުރަށް ޖެއްސުމަށްފަހު ކަމަށެވެ. ނަމަވެސް އެސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށާއި، ގުޅިފައިވާ ޕާޓީތަކަށް ތާއީދު ކުރާ އާންމުން ފުލުހުންގެ ބަހަށް ކިޔަމަންވި ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ފުލުހުން ޕޯސްޓަރު ނައްޓާލީ ހަލާކުކޮށްލައިގެން ކަމަށާއި، ބާރުގެ ބޭނުންކޮށްގެން މިސަރުކާރުން ހިންގާ މިފަދަ އަމަލުތަކުން ރައީސް ޔާމިނަށް ލިބޭ ތާއީދެއް ނޯންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން ކުރާނީ ނަފުރަތު ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

"ރައީސް މާއުމޫނަށް ތާއީދުކުރައްވާ ފަރާތްތަކުން އެމިނިކުފާނުގެ ފޮޓޯތައް ނަގާނެ. ހަރުކުރާނެ. ފުލުހުން މިއީ ކުރާނެ ކަމެއް ނެތިއުޅޭ ބައެއްވީމަ މިމީހުން ފަހަތުން ހަމަ ދުވަން ތިބެންޖެހޭނީ. ވާނެ ކަމެއް ނޯންނާނެ. ނައްޓާއިރަށް ހަމަކުރާނެ. ރައީސް މައުމޫނުގެ ނަމާއެކު ގެނުވީ ފަލްސަފާއެއް. އެފަލްސަފާ ފުހެނުލެވޭނެ" ނާދިރާ ވިދާޅުވިއެވެ. 

ނާދިރާ ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ރައީސް މައުމޫނު ކަމަށާއި، ރައީސް މައުމޫނަށް ރައްޔިތުން ކުރާ ތާއީދު ރައީސް ޔާމިނަށް މިއަދު ނުލިބޭނެ ކަމަށެވެ. އަދި ރައީސް މައުމޫނަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުން ވެސް މިއަދު ބޭނުންވަނީ ރައީސް ޔާމިން ވެރިކަމުން ދުރުކުރަން ކަމަށް އޭނަ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ މިއަނިޔާވެރިކަމުން ސާލާމަތް ވުމަށް ރައީސް މައުމޫނަށް ތާއީދުކުރާ އެންމެން ވެސް ވޯޓު ދޭނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށްށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
16 އޯގަސްޓް 2018 | ބުރާސްފަތި 03:25
ޕާރާ
އެމީހުންނަށް އެނގެނީ އެކަންކަން ކުރަން މީގެ ކުރީގަ އެމީހުން ފާޑު ފާޑުގެ ޓްރެއިންތަށް ހަދައިގެން ކުރާކަމަކީ މީދާމެރުމާއި ނަދިރިބޭސް ޖެހުން