ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 00:35
ޒުވާނުންގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އިބޫ އަދި ފައިސަލް
ޒުވާނުންގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އިބޫ އަދި ފައިސަލް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
އިބޫ ކ. އަތޮޅަށް، ފައިސަލް އއ. އަތޮޅަށް
ގުޅި، ގުރައިދޫ އަށް އިބޫ ވަޑައިގަންނަވާނެ
އއ. އަތޮޅުގެ އަށް ރަށަކަށް ފައިސަލް ވަޑައިގަންނަވާނެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ކ. އަތޮޅަށް އަދި  ރަނިން މޭޓް ފައިސަލް ނަސީމް އއ. އަތޮޅުގެ ރަށްތަކަށް ބުރާސްފަތި ދުވަހު ވަޑައިގަތުމަށް ނިންމައިފި އެވެ. 

އަންނަ މަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް އިބޫ ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ. 

ބުރާސްފަތި ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އއ. ހިމަންދޫއަށެވެ. އެއަށްފަހު އެ އަތޮޅު މާޅޮސް، ފެރިދޫ، މަތިވެރިއަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި ކޮންމެ ރަށެއްގެ ރައްޔިތުންނާއި ފައިސަލް ބައްދަލުކުރައްވާއިރު، ބުރާސްފަތި ދުވަހުގެ ރޭ ފައިސަލްގެ ޓީމުން އއ އަތޮޅުގައި ބާއްވާ ޖަލްސާ އޮންނާނީ މަތިވެރީގަ އެވެ، 

ހުކުރު ދުވަހު ފައިސަލް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ބޮޑުފޮޅުދޫއަށެވެ. އެއްފަހު އެ އަތޮޅު އުކުޅަހާއި، ރަސްދޫ، ތޮއްޑޫއަށް ވަޑައިގެންނަވާނެވެ. ހުކުރު ދުވަހު ހަވީރު ތޮއްޑޫއަށް ފައިސަލް ވަޑައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަގަހަ އެމަނިކުފާން ހުޅުއްވާދެއްވާއިރު، ހުކުރު ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާ ވެސް ބާއްވަން ނިންމާފައި ވަނީ ތޮއްޑޫގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް