ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 23:02
މުހައްމަދު މަލީހު ޖަމާލު
މުހައްމަދު މަލީހު ޖަމާލު
ސިމާހާ ނަސީމް
ރިޔާސީ އިންތިހާބު 2018
ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ވިއްކާލަން ރައީސް ޔާމީން މަސައްކަތް ކުރެއްވި: މަލީހު
މާލޭގެ މައި ވިޔަފާރި ބަނދަރު ވިއްކާލަން މަސައްކަތް ކުރެއްވި
ފ. އަތޮޅު ވިއްކާލަން މަސައްކަތް ކުރެއްވި
މާލެ ސަރަހައްދުގައި ނުވިއްކާ، ފަޅުރަށެއް، ފަޅެއް އަދި ގިރިއެއްވެސް ނެތް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމާއެކު ދައުލަތުގެ ހަރުމުދާ ވިއްކުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް އެމަނިކުފާނުގެ ސަރުކާރުގައި ކުރިން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލް މެމްބަރުކަން ކުރެއްވި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރެއްވި މަލީހު ވިދާޅުވީ ދައުލަތުގެ ހަރު މުދާ ވިއްކުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން ދިވެހި ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ވިއްކާލުމަށް މަސައްކަތް ކުރެއްވި ކަމަށާއި ފ. އަތޮޅު ވިއްކާލުމަށް މަސައްކަތް ވެސް ކުރެއްވި ކަމަށެވެ. 

ނަމަވެސް ރައީސް ޔާމީނަށް އެކަން ކާމިޔާބުވާ ގޮތް ނުވީ ދިވެހި ރައްޔިތުން ކުރި ބުރަ މަސައްކަތުން ކަމަށް މަލީހު ވިދާޅުވިއެވެ. 

މީގެ އިތުރުން މަލީހު ވިދާޅުވީ ރާއްޖޭގެ އެންމެ އަގު ބޮޑު ފަޅު ރަށްތަކާއި ފަޅުތަކާއި ގިރިތައް ހުރީ މާލެއާ ކައިރި ސަރަހައްދުތަކުގައި ކަމަށާއި ނަމަވެސް މިހާރު މާލެ ސަރަހައްދުގައި ނުވިއްކާ އެއްވެސް ފަޅުރަށެއް، ފަޅެއް އަދި ގިރިއެއް ވެސް ނެތް ކަމަށެވެ. 

މަލީހު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ޒަމާނީ ފެންވަރަށް 650 މިލިއަން ޑޮލަރަށް ތަރައްގީ ކުރެވެން އޮތްއިރު، ރައީސް ޔާމީން އެ ޕްރޮޖެކްޓް ވެސް ހިންގަވަނީ 1.2 ބިލިއަން ޑޮލަރަށް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް