ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 22:24
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު
މުހައްމަދު ޝަރުހާން
ރިޔާޒް ރަޝީދު
ވިލުފުށީގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފި
2010 ޖުލައިމަހުގެ ނިޔަލަށް އެމްޑީޕީގެ ވެރިކަމުގައި އެރަށުގައި އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓްގެ ދެވަނަ ފިޔަވައްސެއް ވަނީ ނިންމާފައި

ތ. ވިލުފުށީގައި ރައީސް އަބުދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނެވި ޖަލްސާއެއްގައި އިތުރުފުޅު ހައްދަވާފައިވާތީ ރިޔާޒް ރަޝީދު ސިޔާސީ ދާއިރާއިން އެއްފަރާތްވެ، ދާއިރާގެ މެންބަރުކަމުން އިސްތިއުފާ ދިނުމަށް ވިލުފުށީގެ ކުރީގެ ކައުންސިލަރު އަދި އަތޮޅު ކައުންސިލްގެ މިހާރުގެ މެމްބަރު މޫސާ މުސްތަފާ ގޮވާލައްވައިފިއެވެ.

ވިލުފުށީ މަގުހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އަންގާރަ ދުވަހު އެރަށުގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ސަރުކާރުން އެއްވެސް ޕްރޮޖެކްޓެއް ވިލުފުށީގައި ނިންމާފައި އޮތްނަމަ ސިޔާސީ ދާއިރާއިން އިސްތިއުފާ ދެއްވާނޭކަމަށެވެ.

"ރައީސް ނަޝީދުގެ ތިން އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގި އެންމެ، އެންމެ ކަމެއްގެ ވާހަކަ ވިދާޅުވެޖެއްޔާ އަޅގަނޑު މި ސިޔާސީ ކަންކަމުން އެއްކިބާވެ ހުންނާނަން. އެހާވެސް ބޮޑު ތެދެއް އަޅުގަނޑު މި ހެދީ" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ވިލުފުށީގެ އެއްވެސް ޕްރޮޖެކްޓެއް އެމްޑިޕީގެ ސަރުކާރުން ހިންގާފައި ނުވާކަމަށެވެ. އެރަށް ތަރަށްގީކުރީ ރިޔާޒްމެންކަމަށާއި އެބޭފުޅުންގެ ފިކުރު ކަމަށްވެސް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

ރިޔާޒްގެ މި ވާހަކަފުޅަށް އިޝާރާތް ކުރައްވާ މޫސަ ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2009 އޭޕްރީލް މަހުންފެށިގެން 2010 ޖުލައިމަހުގެ ނިޔަލަށް އެރަށުގައި އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓްގެ ދެވަނަ ފިޔަވައްސެއް ދައުލަތުގެ ބަޖެޓުން 18.7 މިލިއަން ރުފިޔާއަށް ޚަރަދުކޮށްގެން ނިންމާފައިވާކަމަށެވެ. އެ ޕްރޮޖެކްޓްގެ ދަށުން ސުނާމީ ރީ-ކޮންސްޓްރަކްޝަން ޕްރޮޖެކްޓްގައި އެޅި 59 ގެއެއްގެ ކަރަންޓް އިންޖީނުގެއާއި ގުޅާލުމާއި، އިންޖީނުގެ އިމާރާތުގެ އޮފީސް ހެދުމާއި، ކޮންފަރެންސް ރޫމާއި ސްޓޯރ ރޫމް ހެދުމާއި، 36000 ލީޓަރުގެ ފިއުލް ސްޓޯރޭޖަކާއި، 180 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް އިންސްޓޯލްކޮށް ރަށުގެ ހުރިހާ މަގުތަކަކަށް ބޭނުންވާނެ 253 މަގުބައްތި ހަރުކޮށްފައިވާކަމަށެވެ.

ރިޔާޒު ލައިވް ޓީވީގައި ވިދާޅުވިގޮތަށް އެ ވައުދު ފުއްދެވުމުގެ ގޮތުން ވިލުފުށީ ދާއިރާގެ މެންބަރުކަމުންނާއި، ސިޔާސީ މައިދާނުން ދުރަށްވަޑައިގަތުމަށް މުސްތަފާ ވަނީ ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް