ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 23:28
ހައިކޯޓުގެ އުތުރު ގޮފި
ހައިކޯޓުގެ އުތުރު ގޮފި
ކުޅުދުއްފުށި އޮންލައިން
ހައިކޯޓުގެ އުތުރު ގޮފި
ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ފެށުމަށް އަންގައިފި
އުތުރު ގޮތްޕަށް ނިސްބަތްވާނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ރ. އަތޮޅު އަދި ބ. އަތޮޅުގެ ކޯޓުތަކުން ނިންމާ މައްސަލަތައް

ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީޢަތްތައް ހިންގުމުގެ ހުރިހާ އިންތިޒާމެއް ހައިކޯޓުން ކުރިއަށް ގެންދިޔުމަށް، ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ނެރެފައިވާ ގަރާރެއްގައި ވަނީ ކުޅުދުއްފުށީގައި ގާއިމްކުރެވިފައިވާ ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމުން ހައިކޯޓުގެ އުތުރު ގޮތްޕަށް ނިސްބަތްވާ ސަރަހައްދުތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ މައްސަލަތައް އިސްތިއުނާފު ކުރަމުން ގެންދިއުމަށެވެ.

އަދުލު އިންސާފުގެ ދާއިރާއަށް އާއްމު ރައްޔިތުންނަށް ލުއި ފަސޭހައިން ވާސިލް ވެވޭނެ ގޮތް ހެދުމަށްޓަކައި ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ދެ ގޮފި ވަނީ އުފައްދާފަ އެވެ. ނަމަވެސް ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް މީގެކުރިން ފަށާއިފައިވީނަމަވެސް އުތުރު ގޮފީގެ މަސައްކަތް ވަނީ އޭރު ފެށޭ ގޮތް ވަނީ ނުވެފަ އެވެ.

ހައިކޯޓުގެ އުތުރު ގޮފީގެ މަސައްކަތް ފެށުމާއެކު އެ ސަރަހައްދުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ އިސްތިޢުނާފުގެ މަރުހަލާ ކުރިއަށް ނުގޮސްހުރި މައްސަލަތައް އަވަސްވެ، މައްސަލަތަކާއި ގުޅިގެން، މައްސަލައިގެ ހިމެނޭ ޚަސްމުން ކުރަން ޖެހޭ ހަރަދުތައް ކުޑަވެގެންދާނެއެވެ.

އުތުރު ގޮފީގެ ޝަރީއަތްތައް ކުރިއަށް ނުދާތީ އެ ގޮތްޕަށް ނިސްބަތްވާ މައްސަލަތައް ކުރިން ބަލަމުން ގެންދިޔައީ މާލޭގެ ހައި ކޯޓުންނެވެ. އުތުރު ގޮތްޕަށް ނިސްބަތްވާނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅުގެ އިތުރުން ރ. އަތޮޅު އަދި ބ. އަތޮޅުގެ ކޯޓުތަކުން ނިންމާ މައްސަލަތަކެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ ހައިކޯޓުގެ އުތުރު ގޮފީގައި ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދާރީ ގޮތުން ހަމަޖައްސަން ޖެހޭ އެންމެހައި އިންތިޒާމުތައް ހަމަޖެހިފައިވުމާއެކު، ހައިކޯޓުގެ އުތުރު ގޮފީގެ ޝަރީއަތްތައް ކުރިއަށް ގެންދިޔުމުގެ އިންތިޒާމުތައް ހައިކޯޓުން ކުރިއަށް ގެންދިޔުމަށެވެ.

އުތުރުގެ ހައިކޯޓުގެ ގޮފި ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީގައި ހުންނަ ނޮދަރން ކޮމްޕްލެކްސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ބައެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް