ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 18:51
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ވެށި ފަހި މާލެ ޕްރޮގްރާމް އަލުން ކުރިއަށް ގެންދާނަން: އިބޫ
އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އަލުން ރިވިއު ކުރުމަށް ފަހު
ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވި
އިބޫ މިއަދު ވަނީ ގަލޮޅު ދެކުނުގައި ދޮރުން ދޮރަށް ހިންގަވާފައި

މާލޭގެ ރަށްވެހިންނަން ހާއްސަކޮށްގެން އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ވެށި ފަހި މާލޭ ޕްރޮގްރާމް އަލުން ކުރިއަށް ގެންދާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ހަވީރު ގަލޮޅު ދެކުނުގައި އިބޫ ކުރިއަށް ގެންދިޔަ "ދޮރުން ދޮރަށް" ކެމްޕެއިން ނިންމާލެއްވުމަށް ފަހު އެމަނިކުފާން ވިދާޅުވީ  ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގެ ރަށްވެހިންގެ ކަންބޮޑުވުމެއްގެ ތެރެއިން އެއް ކަންބޮޑުވުން ކަމަށެވެ. އެކަން މާލޭގެ ކޮންމެ ހިސާބެއްގައި ދޮރުން ދޮރަށް ކެމްޕެއިން ކުރިއަށް ގެންދަވާއިރު އެނގިގެންދާ ކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ އެމްޑީޕީ ސަރުކާރުން މާލޭގެ ރަށްވެހިންނަން ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ވެށިފަހި މާލެ ޕްރޮގްރާމް ރިވިއު ކުރުމަށްފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމުގައި ކުރިއަށް ގެންދާނެ ކަމަށެވެ.  

"އަޅުގަނޑުމެންގެ މި ގުޅިފައިވާ ސަރުކާރުގައި އިރާދަކުރެއްވިއްޔާ މިކަމަށް ހައްލެއް ގެނެއުމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދީފަ އޮންނާނެ. އެނގިވަޑައިގަންނަވާނެ ކުރީގަ ވެސް އެމްޑީޕީގެ ވެރިކަމުގައި މިކަމަށް ހާއްސަ ސަމާލު ކަމެއް ދީގެން، މާލޭގެ ރަށްވެހިންނަން ހާއްސަކޮށްގެން، ގޮތްތަކެއް ހޯއްދާދެވޭތޯ އަޅުގަނޑުމެން ބަލާފަ އޮންނާނެ. އެ ޕްރޮގްރާމް އަނެންކާވެސް އިތުރަށް ރިވިއުކޮށް، އިތުރު ފަސޭހަތަކާއި އެކީގައި މާލޭގެ ރަށްވެހިންނަން ހާއްސަކޮށް، އަދި ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުންނަންވެސް ގެދޮރުގެ ދަތިކަން ހުރި ފަރާތްތަކަށް ބޯހިޔާވަހިކަން ލިބޭނެ ފަސޭހަގޮ ތްތަކެއް އިރާދަކުރެއްވިޔާ، އަޅުގަނޑުމެން ހޯދާއިދޭނަން،" އިބޫ ވިދާޅުވިއެވެ.  

ގަލޮޅު ދެކުނުދާއިރާގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން 

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދާ ދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާއްސަ ސަމާލު ކަމެއް ދީގެން ކުރިއަށް ގެންދާނެކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ މާލޭގެ ބައެއް ގެތަކުގައި ދެމަފިރިންނާއި އެކީގައި ހަތަރު ދަރިން ފަސްދަރިން އެއްކޮޓަރިއެއްގައި ދިރިއުޅެމުންދާ ކަމަށެވެ. އެހެންކަމުން މާލޭގެ ރަށްވެހިންނަން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދަވައި ދެއްވުމަށް ހާއްސަ ސަމާލު ކަމެއް ދީގެން ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަނެންކާވެސް މިއަދު ގަލޮޅުގެ ބައެއް ގޭގެއަށް މި ޒިޔާރަތްކޮށްލީ، ގަލޮޅުގެ ބައެއް ގޭގެއަށް ޒިޔާރަތްކޮށް އެ ގޭގޭގައި އުޅޭ ރައްޔިތުންނާއި ބައްދަލުކޮށް، ކަންތަށްތަށް ހުރިގޮތް މި ބަލާލީ، މި ސަރަހައްދުގައި ވެސް މި އަވަށުގައި ވެސް ގެދޮރުގެ ދަތިތަކަން ހުރީ އިންތިހާއަށް ގޯސްކޮށްށޭ އަޅުގަނޑު ދަންނަވާނީ، މާލޭގައި މިހެން ހިނގާލީމަ މި ފެންނަނީ މާލޭގެ ކޮންމެ ހިސާބެއްގައި ވެސް، އެ ކަންބޮޑުވުން މި އޮތީ، ކޮންމެ ގެއަކުންވެސް ހަމަ، އިހްސާސްކުރެވެނީ ހަމަ ވަރަށް ވަރަށް ދެރަކޮށް ގޭގެ ކަންތަށްތަށް ހުރިތަން، ގިނަ ގޭގޭގައި އީނގެތޯ، ބައެއް ގޭގޭގައި ކޮޓަރިއެއްގައި އާއިލާއާއި އެކީގައި ދެމަފިރިންނާއި އެކީގައި، ހަތަރު ދަރިން ފަސް ދަރިން އެކީގައި އުޅޭ ގޭގެ އަބަހުރި، މިއީ އެންމެ ބޮޑު ކަންބޮޑުވުމަކަށް މި ފެންނަނީ" އިބޫ ވިދާޅުވިއެވެ.

ގަލޮޅު ދެކުނުދާއިރާގައި ކުރިއަށް ގެންދިޔަ ދޮރުން ދޮރަން ކެމްޕެއިންގެ ތެރެއިން

ގަލޮޅު ދެކުނު ދާއިރާގައި ދޮރުން ދޮރަށް ކެމްޕެއިންގެ ތެރެއިން އެމަނިކުފާނާ އާންމު ރައްޔިތުންނާ ބައްދަލުވުމުން ރައްޔިތުންގެ މޫނުމަތިން ފެންނަނީ އުފާވެރި ކަމައެވެ. ހާއްސަކޮށް އެމަކުފާން ހިންގަވާފައި ބައެއް ގޭގައަށް ވަޑައިގަންނަވާއިރު، މަގުމަތިން ދިމާވާ މީހުނަން ވެސް ހާއްސަ ސަމާލު ކަމެއް ދީގެން ވަގުތު ދެއްވާކަން ފާހަގަކޮށްލެއެވެ. އެގޮތުން ގަލޮޅު ކަންމައްޗަށް އެމަނިކުފާން ވަޑައިގެން އެ ސަރަހައްދުގައި ރާޒުވާ ކުޅެން ތިބި އުމުރުން ދުވަސްވީ މީހަކާ އެކީ ރާޒުވާ ކުޅެން ވެސް ވަގުތު ވަނީ ހޭދަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް