ކ. މާލެ
|
16 އޯގަސްޓް 2018 | ބުރާސްފަތި 00:38
ވެލާނާ އެއަރޕޯޓްގައި ޕައިލް ޑްރައިވްކުރަނީ، ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަނީ ޗައިނާގެ ކުންފުނިތަކުން
ވެލާނާ އެއަރޕޯޓްގައި ޕައިލް ޑްރައިވްކުރަނީ، ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަނީ ޗައިނާގެ ކުންފުނިތަކުން
ރާއްޖެއެމްވީ
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވ
ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް ބޭނުންކޮށްގެން ޗައިނާއިން ޖާސޫސުކުރާނެކަމުގެ ތުހުމަތުކޮށްފި
ރާއްޖެއިން ވަނީ ސުވާލެއްނެތި ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއަށް އާނބަސް ބުނެފައި

ޗައިނާއިން ކުރިޔަށްގެންދާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ގާއިމްކުރެވޭ ކޮމްޕިއުޓަރ ނެޓްވޯކް މެދުވެރިކޮށް އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ ގައުމުތަކާއި ކުންފުނިތަކަށް ޖާސޫސުކުރެވޭނެ ގޮތް ވަރުގަދަ ކުރަމުންދާކަމުގެ އިންޒާރު ތަޖުރިބާކާރުން ދީފިއެވެ.

އެމެރިކާގެ ސައިބަރ ސެކިއުރިޓީ ކުންފުންޏެއްކަމަށްވާ ފަޔަރއައިގެ ރިޕޯޓްގައި ބުނެފައިވަނީ ޗައިނާއިން އަމާޒުކުރަނީ ބެލަރުސްއަށާއި، ދިވެހިރާއްޖެއަށާއި، ކެމްބޯޑިއާއަށާއި، ޔޫރަޕުގެ ގައުމުތަކުގެ ފޮރިން މިނިސްޓްރީތަކަށާއި އެންޖީއޯތަކަށް ކަމަށެވެ.

ފަޔަރއައިގެ ނައިބް ރައީސް ސެންޑްރާ ޖޮއިސް ވިދަޅުވީ ފެންނަ ފެނުމުގައި އެ ގައުމުން ޝައުގުވެރިކަން ހުރީ އެގައުމަށް ފައިސާ ގިނައިން ވަންނަން ހުރި ގައުމުތަކާއި ނުވަތަ މުސްތަގުބަލުގައި ޕްރޮޖެކްޓްތައް ހިންގުމަށް އަސަރުކުރާގޮތަށް ސިޔާސަތުތައް އެކުލަވާލާފައިވާ ގައުމުތަކަށް ކަމަށެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އަކީ މިހާރުވެސް ގައުމުތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ޕްރޮޖެކްޓެވެ.

މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ސިފަކުރައްވާފައިވާ ގޮތުގައި އެ ޕްރޮޖެކްޓަކީ އެއްފަރާތަށް ބުރަވެފައިވާ މުއާމަލާތެކެވެ.

މިހާރު އެ ޕްރޮޖެކްޓާއި ގުޅިގެން ސައިބަރ ތްރެޓްސް އޮތްކަމަށް ބުނެވެން ފެށުމުން އެ މަޝްރޫއުގެ ބިޑިންގް މަރުހަލާއާއި ޗައިނާގެ މަގްސަދާއިމެދުވަނީ އިތުރު ސުވާލުތައް އުފެދިފައެވެ.

ތިންކް ޓޭންކެއްކަމަށްވާ އައިއައިއެސްއެސްގެ ރިސަރޗް ކޮންސަލްޓަންޓް ސަމަންތާ ހޮފްމަން ވިދާޅުވީ މެގަ ޕްރޮޖެކްޓް މޮނިޓަރ ކުރުމާއި މައުލޫމާތު އެއްކުރުމުގެ އިތުރުން ހޯދޭ މައުލޫމާތު ޗައިނާއިން ދެކޮޅުވެރި ފަރާތްތަކާއި ދެކޮޅަށް ބޭނުންކުރުމުގެ ފުރުސަތު އެބަ އޮތްކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް