ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 12:59
ހިޔާ މަޝްރޫއު
ހިޔާ މަޝްރޫއު
މުހައްމަދު ޝަރުހާން
ހިޔާ އެކޮމްޕްލިޝްޑް
ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ފޯމު ބަލައިގަންނަން ފަށައިފި
31 ޖެނުއަރީ 2019 ވަނަ އަހަރުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ
ފޯމަށް ހުށަހަޅާ ފަރާތްތަކަކީ 18 އަހަރު ވެފައިވާ މީހުންނަށް ވާންޖެހޭ

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ފޯމު ބަލައިގަންނަން ފަށައިފި އެވެ.

ފޯމުބަލައިގަތުން ރަސްމީ ވަގުތުގައި ހައުސިންގ މިނިސްޓްރީން ކުރިއަށްދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. ހިޔާ މަޝްރޫއުގެ ދަށުން 31 ޖަނަވަރީ 2019 ވަނަ އަހަރުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ގުޅިފަޅު ހިއްކައިގެން ތަރައްޤީކުރާ ވިލިމާލެ 2 ގައި 1000 އަކަފޫޓުގެ ފުލެޓު އަދި ކ.ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީ ކުރާ ބިމުން 1000 އަކަފޫޓުގެ ގޯތި ދޫކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި މަޝްރޫއުގެ ދަށުން ފުލެޓަށް ނުވަތަ ބިމަށް ކުރިމަތިލުމަށް އެދޭ ފޯމު، މިނިސްޓްރީގެ ހިޔާ އެކްސްޕޯއިންނާއި ވެބްސައިޓް ޑައުންލޯޑް ކުރެވޭނެއެވެ. މީގެ އިތުރުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑް އޮފީހާއި ވެލާނާގޭ ޕޯސްޓް ޝޮޕުން ވެސް މި މަޝްރޫއަށް ކުރިމަތިލުމަށް އެދޭ ފޯމް ލިބެން ހުންނާނެ ކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެއެވެ. 

ފޯމް ހުށަހަޅާ ފަރާތްތަކަކީ 18 އަހަރު ފުރިފައިވުމާ އަމިއްލަ ނަމުގައި 1000 އަކަފޫޓަށް ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތް ފަރާތަކަށް ވާންޖެހެއެވެ.

މި މަޝްރޫއުގެ ދަށުން ގުޅީފަޅު ސަރަހައްދާއި ފުށިދިއްގަރު ފަޅުން ބޮޑު ބައެއް ހިއްކައި 82000ހައުސިންގ ޔުނިޓް ގާއިމް ކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. އެހެން ނަމަވެސް މި މަޝްރޫއުއަށް ދާނެ ހަރަދާއި މަސައްކަތް ފަށާނެ ތާރީހެއްވެސް ހައުސިންގ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
15 އޯގަސްޓް 2018 | ބުދަ 10:20
hava
thirhayitunna. dhakaa huvafeneh
15 އޯގަސްޓް 2018 | ބުދަ 10:20
hava
thirhayitunna. dhakaa huvafeneh