ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 12:37
ރައީސް އަބްދުﷲ ޔާމީން އާއި ކޯލިޝަން ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބުގައި ވާދަ ކުރައްވާ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަނީ
ރައީސް އަބްދުﷲ ޔާމީން އާއި ކޯލިޝަން ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބުގައި ވާދަ ކުރައްވާ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން ހޮނިހިރު ދުވަހު
ނަން ތަރުތީބު ކުރުން ހޮނިހިރު ދުވަހުގެ 10:30 ގައި
އިންތިހާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)، ޓްރެއިނިންގ ހޯލް ގައި
ވާދަ ކުރައްވަނީ ރައީސް އަބްދުﷲ ޔާމީނާއި އިބްރާހީމް މުހައްމަދު ސޯލިހު

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތައްް ތަރުތީބު ކުރުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 110 ވަނަ މާއްދާއާއި ރިޔާސީ އިންތިޚާބުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން، ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

އެއިއުލާނުގައިވާ ގޮތުން އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:30 ގައި، އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)، ޓްރެއިނިންގ ހޯލް ގައެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ މިހާރުވެސް ރައީސްކަންކުރައްވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އެވެ. 

ރައީސް ޔާމީންގެ ރަނިންގމޭޓަކީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އިބޫގެ ރަނިންގމޭޓަކީ ފައިސަލް ނަސީމު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އަމިއްލަ ގޮތުން ހުސައިން ނަސީރު ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވިނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައި ނުގަތުމަށް ނިންމާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް