ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 18:59
ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް މީހާކު ފައިސާ ހަދިޔާ ކުރަނީ
ރާއްޖެޓީވީ އަބުރުފުޅު ފަންޑަށް މީހާކު ފައިސާ ހަދިޔާ ކުރަނީ
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ ޖޫރިމަނާ މައްސަލަ
ދެ މިލިއަން ރުފިޔާ ދެއްކުން މަޑުޖައްސާލުމަށް ރާއްޖެ ޓީވީ އިން ހުށަހެޅި މައްސަލަ ކޯޓުން ބޭރު ކޮށްލައިފި
މައްސަލަ ބޭރުކޮށްލީ ޖޫރިމަނާ ފައިސާ ދައްކާފައި ނުވާތީ
މިހާތަނަށް ހަތަރު ފަހަރު ރާއްޖެޓީވީ ޖޫރިމަނާކޮށްފައިވޭ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީ ދެ މިއަން ރުފިޔާ އިން ޖުރިމަނާ ކުރި މައްސަލަ ބާތިލް ކުރުމަށާއި އެ ފައިސާ ދެއްކުން މަޑުޖައްސައިލުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ރާއްޖެ ޓީވީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ރާއްޖެޓީވީގެ ގާނޫނީ ވަކީލު މުހައްމަދު ނިޝަން އިބްރާހީމް ވިދާޅުވީ ރާއްޖެޓީވީ ޖޫރިމަނާ ކުރި މައްސަލަ ސިވިލް ކޯޓުން ބަލައި ނުގަންނަ ކަމަށް ބުނެ އެކޯޓުގެ ރެޖިސްޓްރާ ނިންމުން ބުދަ ދުވަހު ލިބިފައިވާ ކަމަށެވެ. 

އެ ނިންމުމުގައި ވަނީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުން ޖޫރިމަނާއާ ގުޅޭ މައްސަލަ ކޯޓަށް ހުށަހަޅޭނީ ގާނޫނުގައި ބުނާ މުއްދަތުގައި ޖޫރިމަނާ ފައިސާ ދެއްކުމަށް ފަހުގައި ކަމަށާއި އެހެން ކަމުން އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ. 

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާ މިކުރީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދުންނެވެ. މި ޖޫރިމަނާކުރީ، މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރަމުންދިޔަ މުޒާހަރާ ރާއްޖެ ޓީވީން ގެނެސްދެމުން ދިޔައިރު މީހަކު ދެއްކި ވާހަަކައަކާ ގުޅިގެންނެވެ. 

އެ މީހާ ދެއްކި ވާހަކަ އިން ގައުމީ ސަލާމަތަށް ނުރައްކާވި ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނާއިރު، ގައުމީ ސަލާމަތުގެ ކަންކަން ބެލެހެއްޓުމަށް ގާނޫނުން މަތިކޮށް އެކަމުގެ ވާޖިބު ހަވާލު ކޮށްފައިވާ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއްވެސް ނެތްކަން ރާއްޖެޓީވީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެއިތުރުން އެކަމުގެ މައްސަލައެއްވެސް ބަލާފައެއް ނެތްކަންވެސް ސްޓޭޝަނުން ފާހަގަކޮށްފައިވެއެވެ. އެ ވާހަކަ ދެއްކި މީހާއާ ސުވާލެއް ވެސް ނުކުރެ އެވެ. 

ބްރޮޑްކޮމް އިން ވަނީ މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް