ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 10:45
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒު އާއި ރިޔާސީ އިންތިހާބުގެ ޕޮލިސް ކޮމާންޑަރު ހަމްދޫން، އެސްއޯ ފުލުހުންނާ ބައްދަލު ކުރައްވަނީ
އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ނަވާޒު އާއި ރިޔާސީ އިންތިހާބުގެ ޕޮލިސް ކޮމާންޑަރު ހަމްދޫން، އެސްއޯ ފުލުހުންނާ ބައްދަލު ކުރައްވަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
ރިޔާސީ އިންތިހާބު 2018
އެކްޓިންގ ކޮމިޝަނަރު ނަވާޒު އެސްއޯ ފުލުހުންނާ ބައްދަލުކުރައްވައިފި
ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށް ގެންދެވޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރުމަށް އެދިލެއްވި
ރިޔާސީ އިންތިހާބުގެ އޮޕަރޭޝަންގެ ކޮމާންޑަރ ހަމްދޫން ރަޝީދު ބައިވެރިވެވަޑައި ގެންނެވި

އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓް (އެސްއޯ)ގައި މަސައްކަތްކުރައްވާ ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.

އަންގާރަ ދުވަހުގެ ހަވީރު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި ނަވާޒް ދެއްކެވި ވާހަކަފުޅުގައި އެސްއޯ ފުލުހުންނަކީ މުހިންމު މަސައްކަތްތަކެއް ކުރައްވާ ބައެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެސްއޯ ފުލުހުންނަށް މަސައްކަތްތަކުގައި އަބަދުވެސް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށެވެ.

ނަމަވެސް ގޮންޖެހުންތައް ކުރިމަތީވި ނަމަވެސް ރައްޔިތުންނަށް ހިދުމަތްދިނުމުގައި ފުލުހުންގެ ގޮތުގައި، ހިނިތުންވުމާ އެކު މަސައްކަތްކުރާ ބަޔަކަށް ވުމަށާއި ގާނޫނީ ގޮތުން ފުލުހުންނާ ހަވާލުކޮށްފައިވާ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކަށް ހުއްޓުމެއް އަޔަނުދީ ހިދުމަތް ދިނުމުގައި މަސައްކަތްކުރުމަށް ނަވާޒު އެދިވަޑައިގެންނެވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އަމާން އޮމާންކަމާ އެކު ކުރިއަށް ގެންގޮސް، އިންތިހާބުގެ އެންމެހާ ކަންކަން އަމާން އޮމާންކަމާ އެކު ނިންމާލުމަށް ހުރިހާ ފުލުހުން ވެސް މަސައްކަތްކުރުމަށް ނަވާޒު ވަނީ އެދިލައްވާފައެވެ.

އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ކޮމާންޑަރ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދުގެ އިތުރުން ސްޕްޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ވެރިންނާއި އެޑިޕާޓްމަންޓްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް