ކ. މާލެ
|
15 އޯގަސްޓް 2018 | ބުދަ 11:07
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. އިޔާޒް
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ. އިޔާޒް
ރާއްޖެއެމްވީ
ޑރ އިޔާޒް
ކިތައްމެ ގިނަ ތަރައްޤީއެއް ގެނައި ނަމަވެސް އިންސާފު ޤާއިމް ނުކުރެވޭ ނަމަ ދާނީ ފަހަތަށް: ޑރ އިޔާޒް
ވަކި ކުލައެއްގެ މީހަކު ރިޝްވަތު ބެހީމާ ހަދިޔާއަކަށްވެފައި އަނެކަކުގެ މައްޗަށް ދޮގު ހެކިވެރިއެއްގެ ހެކި ބަހަށް ޖަލަށްލުން އެއީ އިންސާފުތޯ
މަރުގެ ހުކުމް ތަންފީޒްކުރަން ވާހަކަ ދައްކަވާއިރު ވައްކަންކުރާ މީހާގެ އަތްކަނޑާ ވާހަކަ ނުދައްކަވަނީ ކީއްވެތޯ

ކިތައްމެ ވަރަކަށް ތަރައްޤީ ކުރި ނަމަވެސް އަދުލު އިންސާފު ނެތް ތަނެއް ދާނީ ފަހަތަށް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތައްމެ ގިނަ ތަރައްގީގެ މަޝްރޫއުތަކެއް ހިންގި ނަމަވެސް އަދުލު އިންސާފު ގާއިމް ނުކުރެވޭ ނަމަ އެތަނެއް ދާނީ ފަހަތަށް ކަމަށެވެ.

ޑރ އިޔާޒް މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ޢަދްލު އިންސާފް ނެތް ކަމަށާއި ސިޔާސީ ބޭނުމަކަށް މީހުންގެ މައްޗަށް ހުކުމް ކުރެވެމުންދާ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ވައްކަމާއި ކޮރަޕްޝަން ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ޑރ. އިޔާޒް ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ "ވަކި ކުލައެއްގެ މީހަކު ރިޝްވަތު ބެހީމާ ހަދިޔާއަކަށް ވެފައި އަނެކަކުގެ މައްޗަށް ދޮގު ހެކިވެރިއެއްގެ ހެކިބަހަށް ޖަލަށްލުން އެއީ އިންސާފުތޯ" ސުވާލު ކުރައްވާފައެވެ. އަދި މަރުގެ ހުކުމް ތަންފީޒް ކުރަން ވާހަކަ ދައްކަވާއިރު ވައްކަން ކުރާ މީހާގެ އަތްކަނޑާ ވާހަކަ ނުދައްކަވަނީ ކީއްވެތޯ ވެސް ޑރ. އިއާޒް ވަނީ ސުވާލު ކުރައްވާފައެވެ.

ޑރ އިޔާޒަކީ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސެވެ.

ގުޅިފައިވާ ޕާޓީތަކުގެ އިސްލާމް ދީނާ ބެހޭ ސިޔާސަތެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާއިރު ގުޅިފައިވާ ޕާޓީތަކާއި އެޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކު މިހާތަނަށް ނުނެރޭ ފަދަ ދީނީ ސިޔާސަތު ހިމެނޭ މެނިފެސްޓޯއެއް ދާދި އަވަހަށް ނެރުއްވާނެ ކަމަށާއި އެކަން ކުރެއްވުމުގައި ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ އިސްދައުރެއް އޮންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް