ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 22:44
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ގުޅިފައިވާ ޕާޓީތަކުން ބޮޑު ޖަލްސާއެއް ބޭއްވުމަށް އަނެއްކާވެސް ތަނެއް ދިނުމަށް އެދިއްޖެ
ދުރާލާ ތަން ލިބޭނަމަ އަންގައިދިނުމަށް އެދޭ
މިދިޔަ ހަފްތާގައި ބާއްވަން އުޅުނު ޖަލްސާ ކެންސަލް ކުރީ ދަރުބާރުގެ ލިބުން ލަސްވުމުން

ގުޅިފައިވާ ޕާޓީތަކުން ބޮޑު ޖަލްސާއެއް ބޭއްވުމަށް އަނެއްކާވެސް ތަނެއް ދިނުމަށް އެދިއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހްގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއް ބޭއްވުމަށް ތަނެއް ދިނުމަށް އެދިފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ މިފަހަރު އެދިފައިވާނީ ތަންކޮޅެއް ދުރާލާ ވަގުތު އޮއްވާ ތަނެއް ދިނުމަށް ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ތަނެއް ދިނުމަށް އެދުމުން ދަރުބާރުގެ ރަންނަބަނޑޭރި މާލަން އެމްޑީޕީއަށް ދޭން ހައުސިން މިނިސްޓްރީން މިދިޔަ ހަފްތާގައި ނިންމިއެވެ. ނަމަވެސް އެޖަލްސާ ބާއްވާފައެއް ނުވެއެވެ.

މާރިޔާ ވިދާޅުވީ ދަރުބާރުގެ ރަންނަބަނޑޭރި މާލަމް ދިންކަން އެންގީ މެންދުރުފަހު އޮފިސްވެސް ނިމުނުފަހުން އީމެއިލްއަކުން ކަމަށާއި އެހާލަސްވުމުން ޖަލްސާއަށް ތައްޔާރުވާން ދަތިވީ ކަމަށެވެ. އެހެންކަމުން މިފަހަރު އެދުނީ ދުރާލާ ތަނެއް ދިނުމަށް ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން، އެމްޑީޕީން ހައުސިން މިނިސްޓްރީގައި އެފަހަރު އެދުނީ މާލޭގެ ކާނިވާ ސަރަހައްދު ދިނުމަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ ކާނިވާ ސަރަހައްދު ދޫކުރެވެން ނެތް ކަމަށާއި އެތަނުގައި ޖަލްސާ ބާއްވަން ހުއްދަ ދީފި ނަމަ، އެ ސަރަހައްދުގެ ބޭރު މަގުގައި ތާރު އެޅުމުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއް ބޭއްވުމަށް ހައުސިން މިނިސްޓްރީން ހުއްދަ ދިންއިރު، މިއީ ފަހުގެ ތާރީހެއްގައި އިދިކޮޅު ޕާޓީތަކަށް އެފަދަ ހަރަކާތެއް ބޭއްވުމަށް ސަރުކާރުން ތަނެއް ހަމަޖައްސައިދިން ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް