ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 18:53
އިބޫ ހަނިމާދޫއިން ފްލައިޓަށް އަރާވަޑައިގަންނަވަނީ
އިބޫ ހަނިމާދޫއިން ފްލައިޓަށް އަރާވަޑައިގަންނަވަނީ
އެމްޑީޕީ
ރިޔާސީ އިންތިހާބު 2018
ހދ. އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިބޫ މާލެ ވަޑައިގެންފި
މިދިޔަ ހަފްތާގައި އިބޫ ވަޑައިގެންނެވީ ތ. އަފި ލ. އަތޮޅުގެ ރަށްތަކަށް
މިއީ ހދ. އަށް އިބޫ ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ދަތުރުފުޅު

ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މާލެ ވަޑައިގެންފިއެވެ. 

ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އިބޫ ހދ. އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ފައްޓަވާފައިވަނީ އާދިއްތަ ދުވަހުއެވެ. 

މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަޑައިގަންނެވީ އެ އަތޮޅު ނޮޅިވަރަމްފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށެވެ. ހޯމަ ދުވަހު އެމަނިކުފާނު ވަޑައިގަންނަވީ ނޭކުރަންދޫ، ވައިކަރަދޫ، ކުމުންޑޫ، ކުރިނބީ އަދި ކުޅުދުއްފުއްޓަށެވެ. އަންގާރަ ދުވަހު ނޮޅިވަރަމް، ފިނޭ، އަދި ހަނިމާދޫއަށް އެމަނިކުފާނު ވަޑައިގެންނެވިއިރު މި ހުރިހާ ރަށަކުން ވެސް ވަނީ އެމަނިކުފާނާއި ކެމްޕެއިން ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. 

މި ދަތުރުފުޅުގައި އިބޫ ވަނީ ޒިޔާރަތްކުރެއްވި ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެ ރަށްތަކަށް ކޮށްދެއްވަން ރާއްވަވާފައިވާ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. ހަމައެހެންމެ އެމަނިކުފާނު ވަނީ ބައެއް ރަށްތަކުގައި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޖަގަހަތައް ވެސް ހުޅުއްވައިދެއްވާފައެވެ. މި ދަތުރުފުޅުގައި ޒިޔާރަތްކުރެއްވި ރަށްރަށުގެ މުހިންމު ތަންތަން ބައްލަވާލެއްވުމަށް ވެސް އިބޫ ވަޑައިގެންނެވިއެވެ. 

މި ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

ރިޔާސީ ކެންޑިޑޭޓްއަކަށް ވެވަޑައިގެންނެވިފަހުން އިބޫ އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރައްވައި ރައްޔިތުންގެ ހާލު ގާތުން ބައްލަވަމުންނެވެ. އިބޫގެ ރަނިންގ މޭޓް ފައިސަލް ނަސީމް ވެސް ވަނީ ޅ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް