ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 17:36
ރައީސް ޔާމީން ތ. ވިލުފުށީގައި
ރައީސް ޔާމީން ތ. ވިލުފުށީގައި
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
މަޑިފުށްޓައް ވަޑައިގަތުން، ރައީސް ފަސްކުރައްވައިފި
ރައީސް ޔާމީން ތ. އަތޮޅަށް ފެއްޓެވީ 3 ދުވަހުގެ ދަތުރުފުޅެއް
ދަތުރުފުޅު ފަސްކުރެއްވީ މޫސްން ގޯސްވުުމުގެ ސަބަބުން

ރައީސް އަބްދުﷲ ޔާމީން ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަޑިފުށްޓައް ވަޑައިގަތުން މާދަމައަށް (ބުދަ ދުވަހަށް) ފަސްކުރައްވައިފި އެވެ. 

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސްގެ ކޮޅުމަޑުލު ދަތުރުފުޅުގައި މިއަދު (އަންގާރަ ދުވަހު) ހަވީރު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ މަޑިފުށްޓައް ވަޑައިގަތުން މޫސުން ގޯސްވުމުގެ ސަބަބުން މިހާރު ވަނީ މާދަމާއަށް ފަސްކުރެވިފައިކަމަށެވެ. 

ރައީސް ޔާމީން ތ. އަތޮޅަށް ފެއްޓެވީ 3 ދުވަހުގެ ދަތުރުފުޅެކެވެ. އިއްޔެ އެމަނިކުފާނު ފެއްޓެވި ދަތުރުފުޅު މާދަމާއަށް ނިންމާލުމަށް ހަމަޖެހިފައިވީނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ގެނެވުނު ބަދަލާއެކު ދަތުރުފުޅު ދިގުވެގެންދާނެ އެވެ. 

ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ތ. ވިލުފުށި އަދި ބުރުނިއަށް ވަޑައިގެންފަ އެވެ. އިއްޔެ އެ މަނިކުފާނު ވަނީ ކަނޑޫދޫގެ އިތުރުން ވޭމަންޑޫ އަދި ތިމަރަފުށްޓައް ވަޑައިގެންފަ އެވެ. އެއިން ކޮންމެ ރަށަކަށްވެސް ވަޑައިގެން ރައީސް ގެންދަވަނީ ސަރުކާރުން ނިންމާފައިވާ ހުރިހާ ޕްރޮޖެކްޓްތަކެއް

ގެ ނިމުން ރަސްމީކޮށް ފާހަގަކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް