ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 14:52
ދ.ބަނޑިދޫ
ދ.ބަނޑިދޫ
ގޫގުލް
ނަގޫރޯޅި
ބަނޑިދޫއަށް ނަގޫރޯޅިއެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ!
ދެ ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
10 ރުށް ގަސް ވަނީ ވެއްޓިފައި

ދ.ބަނޑިދޫއަށް ނަގޫރޯޅިއެއް އަރާ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެރަށު ކައުންސިލްގެ މެންބަރު މުހައްމަދު މަމްދޫހު ވިދާޅުވީ، ހެންދުނު 11 ޖަހާ ކަން ހާއިރު އާއި ކޮޅިގަނޑަކާއެކު ދެ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އެދެ ގޭގެ ހިފާގެންގުޅޭ ގިނަ އަދަދެއްގެ ސާމާނު ހަވާލުވެފައިވާ ކަމަށާއި ފެނުގެ އަސަރު ކުރުމާއި ގުޅިގެން ކޮޓަރީގައި ހުރި ސާމާނު ހަވާލުވެފައިވާކަމަށެވެ.

" ގާތްގަނޑަކަށް 10 ވަރަކަށް ރުށް ގަސް ވަނީ ވެއްޓިފައި. އޭގެ ތެރޭގައި ބަނބުކެޔޮ ގަހާއި ގިނަ އަދަދެއްގެ ރުށްވެސް ހިމެނޭ." މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ، އެހެންބައެއް ގޭގެއަށްވެސް ފެނުގެ އަސަރުކޮށް ހިފާގެންގުޅޭ ސާމާނަށްގެއްލުން ލިބިފައިވާ ކަމަށެވެ. މިހާދިސާގައި ލިބުނު ގެއްލުމުގެ މިންވަރު ދެނެގަންނަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބަނޑިދޫއަކީ 900 އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ރަށެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް