ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 12:07
2015 ވަނަ އަހަރުގައި ސްޓޫޑެންޓް ލޯނު އެވޯޑް ކުރުން
2015 ވަނަ އަހަރުގައި ސްޓޫޑެންޓް ލޯނު އެވޯޑް ކުރުން
ގޫގުލް
މަތީ ތައުލީމުގެ ފުރުސަތު
މަތީ ތައުލީމުގެ ލޯނުގެ 600 ފުރުސަތަށް ހުޅުވާލައިފި
އަލަށް މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް 500 ފުރުސަތު ވަނީ ހުޅުވާލާފައި
މިހާރު ކިޔެވެމުންދާ ފަރާތްތަކަށް 100 ފުރުސަތު ހުޅުވާލާފައިވޭ

މަތީ ތައުލީމުގެ ލޯނުގެ  600ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ

ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަނުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ހާއްސަކޮށްގެން 500 ލޯނުގެ ފުރުސަތު ހުޅުވާލާފައި ވަނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 05 އިން ފެށިގެން 10 ވަނަ ލެވެލް ކޯސްތަކަށް ކަމަށެވެ. ލޯނުއެހީއަށް ދަރިވަރުން ހޮވުމުގައި އޯގަސްޓް 13 އިން ފެށިގެން ފޯމު ލިބެން ހުންނާނެ ކަމަށެވެ.

ލޯނަށް އެދި ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓްތަކަކީ ވެލިޑޭޓް ކޮށްފައިވާ އަދި އަސްލާއި އެއްގޮތް ކަމަށް ތައްގަނޑުޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންޖެހޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

 މީގެ އިތުރުން މިހާރު ކިޔެވުން ފަށާފައިވާ ކުދިންނަށް ވެސް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން 100 ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތުގެ ތެރެއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 7 އިން ފެށިގެން ފެންވަރު 10 ގެ ކޯސްތައް ހައްދަވަމުންދާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިދެ ފުރުސަތު ވެސް ހުޅުވާލާފައި ވަނީ ސެޕްޓެމްބަރު 06 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލޯނު އެހީގެ ފުރުސަތު ދިނުމުގައި އިސްކަންދޭ ތަރުތީބު މި ލޯނު ސްކީމްގެ އުސޫލުގައި ކަނޑައަޅާފައިވާ ކޯސްތަކުގެ ތަރުތީބުންނެވެ.

ވަކި އޮފީހަކަށް ކަނޑައެޅިފައިވާ ފުރުޞަތުތަކަށް އެ އޮފީހުގެ މުއައްޒަފުން އެދެފި ނަމަ އެމުއައްޒަފުން ހޮވުމަށް އިސްކަންދެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެެވެ.

ހަޔާ އެޑިއުކޭޝަނުން ހުޅުވައިލި ފުރުސަތުތަކުގެ ތެރޭގައި ރާއްޖޭގައި މި އަހަރު އަލަށް ކިޔަވައިދެން ފެށި މެޑިސިންގެ 50 ޖާގަ ވެސް ހިމެނެއެވެ.  މީގެ ކުރިން ވެސް ވަނީ ރާއްޖޭގައި މެޑިސިން ކިޔެވުމަށް 50 ޖާގަ ހުޅުވާލާފައެވެ. ނަމަވެސް އެ ފަހަރު ކޯސް ލިބުނު ދަރިވަރުންނަށް ވެސް މިހާތަނަށް ކިޔަވައިދޭން ފަށާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
14 އޯގަސްޓް 2018 | އަންގާރަ 06:56
ހުކޫމަތު
vOte Vote vote