ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 09:50
އެމްއެންޑީއެފް ކޯސްޓްގާޑު
އެމްއެންޑީއެފް ކޯސްޓްގާޑު
އެމްއެންޑީއެފް
ފަރަށް އެރުން
ފަރަށް އެރި ދޯންޏެއްގައި ތިބި ތިން މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު މާލެ ގެނެސްދީފި
"ރޯދި" ދޯނި ވަނީ އަޑިއަށް ގޮސްފައި
މި ދޯނިން އޮޔާ ދާ ތަކެއްޗާ މެދު އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި

މާލެ އަތޮޅު ބިޔާދޫ އައިލެންޑް ރިސޯޓުގެ ހުޅަނގުގައި އޮތް ފަރަކަށް އެރި "ރޯދި" ނަމަކަށް ކިޔާ ދޯނީގައި ތިބި ތިން މީހަކު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ރޭ ފަތިހު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައި ވަނީ ރޭ މެންދަމު 01:30 ހާއިރު ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗެއް ހަރަކާތްތެރިވި ކަމަށާއި އެ ސަރަޙައްދަށް ދެވުނު އިރު ދޯނީގައި ތިބި ތިން މީހުން ސަލާމަތްތެރިކަމާ އެކު ބިޔާދޫ އައިލެންޑް ރިސޯޓުގެ ދޯންޏެއްގައި އެ ރިސޯޓަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

މި ހާދިސާގައި ދޯނިން ސަލާމަތްކުރެވުނު ތިން މީހުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާ އެކު ބިޔާދޫ އައިލެންޑް ރިސޯޓުން މާލެ ގެނެސްދީފައި ވަނީ ރޭ ފަތިހު 04:15 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. 

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ފަރަށް އެރި "ރޯދި" ދޯނި ވަނީ އަޑިއަށް ގޮސްފައިވާ ކަމަށާއި، މިއީ ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް ކަމަށް ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ދޯނި އަޑިއަށް ދިއުމާ ގުޅިގެން މި ދޯނިން އޮޔާ ދާ ތަކެއްޗާ މެދު އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް