ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 03:24
ރީ ރެޖިސްޓެރޭޝަން ކުރިއަށް ދަނީ
ރީ ރެޖިސްޓެރޭޝަން ކުރިއަށް ދަނީ
މުހައްމަދު ޝަރުހާން
ރިޔާސި އިންތިޚާބު 2018
އިންތިޚާބުގައި ޤާނޫނާއި ޚިލާފް އަމަލެއް ކުރާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ހިއްސާކުރުމަށް ކޯލިޝަނުން އެދިފި
ޝަކުވާ ހުށެހެޅުމަށް 7800661 އަށް ގުޅުމަށް ވަނީ އެދިފައި

އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޤާނޫނާއި ޚިލާފް އަމަލެއް ކުރާކަމުގެ މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާ ކޮށްދިނުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެދިއްޖެ އެވެ.

އެފަދަ މައުލޫމާތެއް ލިބިފައިވާނަމަ ޝަކުވާ ހުށެހެޅުމަށް 7800661 އަށް ގުޅުމަށް އެމްޑީޕީ ސެކެއްޓެރިއޭޓުން ވަނީ އެދިފައެވެ. އަދި އީމެއިލް [email protected]  ނުވަތަ ވެބްސައިޓް މެދުވެރިކޮށް complaints.jazeeraraajje.org ޝަކުވާ ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތުގައި 95,000 ފޯމު ލިބިފައިވާ ކަމަށާއި ހުރިހާ ފޯމުތަކެއް އަދިވެސް އެންޓަރ ނުކުރެވޭ ކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ. ރީ-ރަޖިސްޓަރ ވެފައިވާ އަދަދު ފުރިހަމައަށް އެނގިގެންދާނީ ހުރިހާ ފޯމުތައް ސިސްޓަމަށް އެންޓަރ ކުރުމުންނެވެ.

ރީ-ރަޖިސްޓްރޭޝަން މަރުހަލާގައި ބޮޑެތި އޮޅުވާލުންތަކެއް ހުރެދާނެކަމަށް ލަފާކޮށް، އެކަމަށް ސަމާލުވެ ތިބުމަށްވެސް ޕާޓީތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ރަޖިސްޓްރީވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ލިސްޓުކުރެވިފައިވާނަމަ ވީހާވެސް އަވަހަކަށް އެކަން އެނގުމަށް އެދިފައިވާއިރު، ކޮންމެ ދުވަހަކު އެއްފަހަރު ވޯޓާލްނެޖެހޭ ތަން ޗެކްކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްލަ 491 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި 262141 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް