ކ. މާލެ
|
14 އޯގަސްޓް 2018 | އަންގާރަ 00:52
މާލެ ސަރަހައްދަށް މޫސުން ގޯސްވެފައި
މާލެ ސަރަހައްދަށް މޫސުން ގޯސްވެފައި
މުހައްމަދު އަނިލް
މޫސުން ގޯސްވުން
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، 16 އަތޮޅަކަށް ވައިޓް އެލާޓް ނެރެފި
އެއާލާޓް ނެރެފައި ވަނީ ހއ. އިން ފެށިގެން ލ.އަށް
އެލާޓް ދެމިއޮންނާނީ 6 ގަޑިއިރަށް
ކަނޑުދަތުރު ކުރާ ފަރާތްތަކަށް ސަމާލުވުމަށް އެދުނު

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، 16 އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ބޯކޮށް ވާރޭ ވެހި، ވިއްސާރައާއެކު ވައި ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހިސާބަށެވެ. އެ ދެމެދުގައިވާ 16 އަތޮޅަށް ވައިޓް އެލާޓް ނެރެފައި ވަނީ އަންގާރަ ދުވަހުގެ މެންދަމުން ފެށިގެން ފަތިހު 5:00އާ ހަމައަށެވެ.

މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސްއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާއި 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 އޯގަސްޓް 2018 | އަންގާރަ 03:11
ނުދަންނަމީހާ
ހަބަރު ކިޔާލުމުން ނޭގުނު ނެރުނީ ވައިޓް އެލާރޓް ކަމެއް ޔެލޯ އެލާރޓް ކަމެއް