ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 15:02
ފައިސަލް ހުޅުދެއްޔަށް ވަޑައިގަތުމުން ދުވަސްވީ މީހަކު މާފަތި އަޅުވަނީ:- ފައިސަލަށް ހުޅުދެލިން ހޫނު މަރުހަބާއެއް ކިޔާފައިވޭ
ފައިސަލް ހުޅުދެއްޔަށް ވަޑައިގަތުމުން ދުވަސްވީ މީހަކު މާފަތި އަޅުވަނީ:- ފައިސަލަށް ހުޅުދެލިން ހޫނު މަރުހަބާއެއް ކިޔާފައިވޭ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
އަޅުގަނޑުމެންގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީސް ހިނގާނީ ރައީސުލް ޖުމްހޫރިއްޔާގެ މަޖިލީހެއްގެ ގޮތުގައެއް ނޫން: ފައިސަލް
ބަނަދަރުގެ މައްސަލއަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވި

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީސް ހިނގާނީ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއްގެ ގޮތުގައި ނޫން ކަމަށް އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ދ. ހުޅުދެއްޔަށް ވަޑައިގެން އެ ށުގައި ތިބި ސަޕޯޓުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީސް ނުހިނގާ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފެންނަނީ ރައްޔިތުންގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރާތަން ކަމަށެވެ. އަދި ވަކި މެމްބަރުންތަކަކަށް މެމްބަރުންގެ ޒިންމާ އަދާ ކުރަން ހުރަސްއަޅަމުންދާ ކަމަށް ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި ހުރިހާ މުވައްސަސާތަކަށް ގާނޫނުތައް ތަންފީޒުކުރުމުގެ ބާރު ދޭނެ ކަމަށެވެ.  

 

ފައިސަލް ހުޅުދެލީގައި ވާހަަކަފުޅު ދައްކަވަނީ-

މީގެ އިތުރުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ކޯލިޝަން ސަރުކާރެއްގައި ތައުލީމީ ނިޒާމަށް އިންގިލާބެއް ގެންނާނެ ކަމަށެވެ. ސިއްހީ ނިޒާމަށް ހެޔޮ ބަދަލެއް ގެންނާނެ ކަމަށް ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ އިންޖެކްޝަނެއް ޖަހަންވިއަސް ޖެހިގެން އޮތް ރަށަށް ދާން ޖެހުން ހުއްޓުވާނެ ކަމަށެވެ.  

ހުޅުދެލީގެ ބަނދަރުގެ މައްސަލައަށް ވެސް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި އެކަން ހައްލު ކޮށްދިނުމަށް މަސައްކަތްކުރާނީ ހަލުވި ސުޕީޑެއްގައި ކަމަށެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ އިންތިހާބާ ދިމާކޮށް ފުޓުސަލް ދަނޑު އަޅައިދޭނެ ބަޔަކަށް އެ ބޭފުޅުން ނުވާނެ ކަމަށެވެ. އެ ބޭފުޅުން ވާނީ ފަސް އަހަރުގެ ދައުރަކަށް ހޮވުމުން ކުރިއަށް އޮތް ދައުރަށް އެ ފަސް އަހަރު ކެމްޕެއިންކުރާ ބަޔަކަށް ނޫން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.  

ފައިސަލް ހުޅުދެއްޔަށް ވަޑައިގެންފައި މި ވަނީ ދ. އަތޮޅާއި ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަން ފެއްޓެވި ކެމްޕެއިންގެ ދަތުރުގެ ތެރެއިންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް