ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 12:50
ކ. ޒިޔާރަތްފުށީގައި ހިންގާ ސަމާ އައިލެންޑް މޯލްޑިވްސްގައި ފެށި މުރަކަލަ އާލާކުރުމުގެ މަޝްރޫޢު
ކ. ޒިޔާރަތްފުށީގައި ހިންގާ ސަމާ އައިލެންޑް މޯލްޑިވްސްގައި ފެށި މުރަކަލަ އާލާކުރުމުގެ މަޝްރޫޢު
ގޫގުލް
ރައީސް ނަޝީދު ޓްވީޓް
ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކޮންކްރީޓަށް ވުރެ ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކުރުން މާ ރަނގަޅު: ރައީސް ނަޝީދު
ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ދިރުވާ އާލާކުރުން މާ އަގުހެޔޮ
މިޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ދިރުވާ އާލާކުރުމުން ރަށް ގިރުން ފަދަ ކަންތައްތައް ކުޑަވާނެ

ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް ކޮންކުރީޓުން ރޭނުމަށް ވުރެ ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ދިރުވާ އާލާކުރުން މާ ރަނގަޅު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަމާ އައިލެންޑް މޯލްޑިވްސް ރިސޯޓުގެ ފަޅުތެރޭގައި ޒަމާނީ އުކުޅަކާ އެކު މުރަކަ އާލާކުރުމުގެ އީޖާދީ މަޝްރޫއެއް ފަށުމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ދިރުވާ އާލާކުރުން މާ އަގުހެޔޮ، ފަސޭހަ އަދި ފައިދާ ވެސް މާބޮޑަށް ފެންނާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ދިރުވާ އާލާކުރުމުން ރަށްގިރުން ފަދަ ކަންތައްތައް ކުޑަވާނެ ކަމަށާއި، މިއީ ގުދުރަތީ ގޮތުން ދާއިމީ ހައްލެއް ލިބޭނެ ފަދަ މަޝްރޫއެއް ކަމަށެވެ.

 

އެހެންކަމުން ކޮންކްރީޓުން ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވުރެ މިފަދަ ފަހުގެ ނެކްނޮލޮޖީ ބޭނުންކޮށްގެން ފަރުތައް ހިމާޔަތްކުރުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސެސްއިން ކ. ޒިޔާރަތްފުށީގައި ހިންގާ ސަމާ އައިލެންޑް މޯލްޑިވްސްގައި ފެށި މި މަޝްރޫއަކީ ތްރީޑީ ޕްރިންޓްކުރި ސްޓްރަކްޗާއެއް ނުވަތަ އޮނިގަނޑެއް ފަޅުތެރޭގައި ހަރުކޮށް، އެ އޮނިގަނޑުގައި މުރަކަ އިންދައި އާލާކުރުމުގެ މަޝްރޫއެކެވެ.
 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 އޯގަސްޓް 2018 | ހޯމަ 07:55
ބޭބެ
Dhen verikanlibuneema muraka hadhdhan tbibenveenun rahgiraahusvias kommevesdhuvahaku murakahedhi boduvaane