ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 11:30
ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ރާއްޖެ އެމްވީ
ތިމަރަފުށި
މިސަރުކާރު ވަނީ ތިމަރަފުށީ ރައްޔިތުންގެ އުންމީދުތައް ފަނާކޮށްލާފައި: މެންބަރު މުސްތަފާ
ތިމަރަފުށީގައި ގާއިމްކުރި ފެނުގެ ނިޒާމަކީ މިސަރުކާރުން ހިންގި މަޝްރޫއެއް ނޫން
ރައީސް ޔާމީނަށް މަރުހަބާ ކިޔުމަށް ތިމަރަފުށީ ރައްޔިތުންނެއް ނުނިކުމޭ
މި މަޝްރޫއަށް 27 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ސަރުކާރުން ބުނޭ

ރައީސް ޔާމިންގެ ސަރުކާރަކީ ތ. ތިމަރަފުށީގެ ރައްޔިތުންގެ އުންމީދުތައް ފަނާ ކޮށްލި ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން ތިމަރަފުށީގެ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމަށް އެރަށަށް ވަޑައިގަތުމާ ގުޅިގެން މެންބަރު މުސްތަފާ ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ތިމަރަފުށީގެ ރައްޔިތުންނަށް ހެޔޮ އެދިގެން ރައީސް ޔާމިންގެ ސަރުކާރުން އެރަށުގައި ތަރައްގީ އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ކަމަށާއި، މިސަރުކާރުން ވަނީ އެރަށުގެ ރައްޔިތުންގެ އުންމީދުތައް ފަނާކޮށްލާފައިވާ ކަމަށެވެ.

މުސްތަފާ ވިދާޅުވީ ރައީސް ޔާމިން ތިމަރަފުއްޓަށް ވަޑައިގަތީ ހަތިޔާރު އެޅި ސިފައިނުންނާއި ފުލުހުންނާ އެކު ކަމަށެވެ. އަދި ތިމަރަފުށީ ރައްޔިތުން ރައީސް ޔާމިނަށް މަރުހަބާ ކިޔަން ނުނިކުންނަ ކަމަށާއި، އެރަށުގެ މަގުމަތިން އާންމު ރައްޔިތަކު ނުފެންނަ ކަމަށެވެ.

ތިމަރަފުށީގައި ގާއިމްކުރި ފެނުގެ ނިޒާމަށް އަލިއަޅުއްވާލައްވާ މުސްތަފާ ވިދާޅުވީ މިމަޝްރޫއު އިފްތިތާހު ކުރުމަށް ރައީސް ޔާމިން ތިމަރަފުއްޓަށް ވަޑައިގެންނެވި ނަމަވެސް އެއީ މިސަރުކާރުން ކޮށްދެއްވި ކަމެއް ނޫން ކަމަށެވެ. އެއީ އެމްޑީޕީގެ ސަރުކާރުގައި ހަތަރު ރަށަކަށް ހަމަޖައްސާފައި އޮތް ބޭރުގެ އެހީއެއްގެ ދަށުން ހިންގި މަޝްރޫއެއް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

ތިމަރަފުށީގެ ފެނުގެ މަޝްރޫއަށް 27 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 އޯގަސްޓް 2018 | ހޯމަ 09:26
މަރީ
މުސްތަފާބޭ ، ދޮންމީހަކު ގެންގޮސްގެން އެއަރޕޯޓްގައި ކަޑަޖެހީ ކޮންބައެއްތޯ ؟