ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 16:36
ވަޒީފާ އިން ވަކިކުރި ސީނިއަރ ލީޑިންގ ޓީޗަރ ޝާހީން އާއިލާއާއެކު
ވަޒީފާ އިން ވަކިކުރި ސީނިއަރ ލީޑިންގ ޓީޗަރ ޝާހީން އާއިލާއާއެކު
މުހައްމަދު ޝަރުހާން
ވަޒީފާއިން ވަކިކުރުން
ޅ. އަތޮޅު މަދަރަސާގެ ސީނިއަރ ލީޑިންގ ޓީޗަރު އެ ސްކޫލަށް ވެސް ނޭނގި ވަޒީފާ އިން ވަކިކޮށްފި
ސްކޫލުން އެދުމުން ވެސް ސަބަބެއް އެޑިއުކޭޝަނުން ހާމައެއް ނުކުރި
އާދީއްތަ ދުވަހު ގިނަ ޓީޗަރުން ސްކޫލަށް ހާޒިރެއް ނުވޭ
ތިން ބައިކުޅަ ދެ ބައި ދަރިވަރުން ސްކޫލަށް ފޮނުވާފައެއް ނުވޭ

ޅ. ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދްރަސާގެ ސީނިއަރ ލީޑިންގ ޓީޗަރު މުހައްމަދު ޝާހީން އެ ސްކޫލަށް ވެސް ނޭނގި، އަދި އެއްވެސް އިންޒާރެއް ވެސް ނުދީ ކުއްލި ގޮތަކަށް ވަޒީފާ އިން ވަކިކޮށްފިއެވެ.

ދިހަ އަހަރު ވަންދެން ތައުލީމީ ދާއިރާގައި މަސައްކަތްކޮށްފައިވާ ޝާހީން ރާއްޖެއެމްވީއަށް ބުނީ ވަޒީފާއިން ވަކިކުރީ ކުއްލިއަކަށް ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ނަސޭހަތެއް ވެސް އަދި އިންޒާރެއް ވެސް ދީފައި ނުވާ ކަމަށެވެ.

ޝާހީން ބުނީ ވަޒީފާ އިން ވަކިކުރިކަން އެންގީ ސީދާ އެޑިއުކޭޝަން މިނިސްޓްރީން ކަމަށާއި ނަމަވެސް އެ މިނިސްޓްރީއަށް ގުޅައިގެން ކުރި މަސައްކަތުން އެނގުނީ މިނިސްޓްރީގެ އެޗްއާރަށް ވެސް ނޭނގޭކަން ކަމަށެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން ވެސް ޖަވާބެއް ނުލިބޭ ކަމަށާއި ސްކޫލަށް ވެސް ވަކިކުރި ސަބަބެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. 

ޝާހީން ބުނީ އެތެރެ އެތެރެއިން ނުސީދާކޮށް ލިބުނު މައުލޫމާތުން އެނގުނީ ވަޒީފާ އިން ވަކިކުރީ ސޯޝަލް މީޑިޔާގައި ސިޔާސީ ވާހަކަ ދައްކާތީ ކަމަށް ބުނެ ކަމަށެވެ.

ކަންކަމުގައި ދެކޭގޮތް ފޭސްބުކްގައި ސީދަލަށް ހާމަކުރަމުން އަންނަ ޝާހީން ބުނީ ސިޔާސީ ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި ކޮންމެ ކަމެއްގައި ވެސް ވިސްނޭ ވިސްނުން އަދި ޤަބޫލްކުރާ ގޮތް ހާމަކުރަމުންދާ ކަމަށެވެ. އޭގައި ބައެއް ސިޔާސީ މީހުންނަށް ރައްދުވެފައި ހުރެދާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ ޤާނޫނު އަސާސީއާ ޤާނޫނުތަކާ ޚިލާފް އަދި ވަޒީފާގެ މަސްއޫލިއްޔަތާ ޚިލާފް އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް ޝާހީން ބުންޏެވެ. 

މީގެ އިތުރުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ވެސް ނޫޅޭ ކަމަށާއި ސިޔާސީ އެއްވެސް ކަމެއްގައި ހަރަކާތްތެރިވެ ނޫޅޭ ކަމަށް ވެސް ޝާހީން ބުންޏެވެ.

ޝާހީންއަށް ފޮނުވާފައިވާ ޗިޓްގައި ވަޒީފާއިން ވަކިކުރުމަށް ހަވާލާ ދީފައިވާ ޤާނޫނީ މާއްދާތަކުގައި ބުނެފައި ވަނީ ދިވެހި ސިވިލް ސަރވިސްގެ ގަވާއިދާއި ދިވެހި ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފްވިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުވާތީ ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާ ދޭ ފަރާތަށާއި ވަޒީފާ އަދާކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނާތީ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ސަބަބެއް ބުނެފައެއް ނުވެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެސްކޫލުގެ ގިނަ ޓީޗަރުން ހޯމަ ދުވަހު ސްކޫލަށް ހާޒިރެއް ނުވެއެވެ. އަދި ގިނަ ބެލެނިވެރިން ވެސް ދަރިވަރުން ސްކޫލަކަށް ނުފޮނުވައެވެ. އެގޮތުން ގާތްގަނޑަކަށް ތިން ބައިކުޅަ ދެ ބައި ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ރާއްޖެ އެމްވީއަށް ވަނީ ކަށަވަރު ވެފައެވެ.

އެ ސްކޫލުގެ ލީޑިންގ ޓީޗަރަކު ރާއްޖެ އެމްވީއަށް ބުނީ ސްކޫލަށް ދަރިވަރުން ނުފޮނުވާކަމާއި ގިނަ ޓީޗަރުން ކިޔަވައިދޭން ކުލާހަށް ހާޒިރުނުވާ ވާހަކައަކީ ޙަޤީގަތެއް ކަމަށެވެ.

އޭނާ ބުނީ އެކަން އެހެން ހިނގީ އެސްކޫލުގެ ސީނިއަރ ލީޑިންގ ޓީޗަރ ޝާހީން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމުން ކަމަށެވެ. އަދި އެކަމާ ބެލެނިވެރިން ވެސް ސްކޫލަށް އައިސް ޝަކުވާ ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ޝާހީންއަކީ ވަރަށް ގުޅިގެން އުޅޭ އަދި ސްކޫލަށް ވަރަށް ބޭނުންތެރި ޓީޗަރެއް ކަމަށެވެ. އެއްވެސް އިންޒާރެއް ނުދީ އަދި އެއްވެސް މައްސަލައެއް ވެސް ކުރިމަތިނުވެ ކުއްލި ގޮތަކަށް ޝާހީން ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ޓީޗަރުން ޤަބޫލްކުރާ ކަމަށެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް އެސްކޫލުގެ އޮފިޝަލަކު ވިދާޅުވީ ޝާހީން ވަޒީފާއިން ވަކިކޮށްފައި ވަނީ އެސްކޫލަށް ނޭނގި ކަމަށާއި ޝާހީންއަކީ އެއްވެސް ވަރެއްގެ އިންޒާރެއް އަދި ނަސޭހަތެއްވިއަސް މީގެކުރިން ދީފައި ނުވާ އަދި ދޭންޖެހިފައިވެސްވާ ޓީޗަރެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ސްކޫލަށް ވެސް ލިބުނީ ޗިޓެއް ކަމަށާއި ޝާހީން ވަޒީފާއިން ވަކިކުރި ސަބަބެއް ހޯދުމަށް މިހާތަނަށް އެޑިއުކޭޝަނާ ގުޅައިގެން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އަދި ޝާހީން ވަޒީފާއިން ވަކިކުރި ޗިޓްގައި އޮތް އެއްޗެއް ފިޔަވައި އިތުރު އެއްޗެއް ހާމަކުރެވެން ނެތް ކަމަށް އެޑިއުކޭޝަނުން އަންގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އޮފިޝަލް ވެސް ވަނީ ގިނަ ދަރިވަރުން ސްކޫލަށް ނުފޮނުވާކަމާއި ގިނަ ޓީޗަރުން ކިޔަވައިދެއްވަން ވަޑައިނުގަންނަވާކަން ރާއްޖެ އެމްވީއަށް ކަށަވަރުކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
13 އޯގަސްޓް 2018 | ހޯމަ 15:29
N
Siyaasee viyas mee boduvaru. Yaameen thihiree hovifa dhen. Saaheen vazeefaa in kadaalaain yameenah heevanee thoacheh verikan libeyneye. Maves kadaalaa . Eyrah anrhkaaves voteh ithuru vaane.
13 އޯގަސްޓް 2018 | ހޯމަ 11:09
Afeef
Thiya L.Teacher haasve nulavvaa baarah kuriyah gengos Yaameen ge verikan nimavaa. Verikan badhalukoffai alun vazeefaa dheynan. Adhi geygai masooliyyathu adhaa nukoh hunnan jehey dhuvas thakah dheyn jehey musaara aai ehenihen inaayaiy thah rmme rufiyaa evves madhu nukoh libeyne. Biru fahana alhai avahah nikumey
13 އޯގަސްޓް 2018 | ހޯމަ 08:12
ދުހާން
Mee saalim ge beybe.
13 އޯގަސްޓް 2018 | ހޯމަ 07:49
ބޭބެ
Akhe thihaareethikoh sababuliyedheefaa vakikuranjehey sababeh nethey alhe dhakkaavaahaka egeytha ACC inmeehaku hamauttaa vazeefaain vakinukuraane kosnogivabala micoment jahaadheebala