ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 10:17
ހުޅުމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް
ހުޅުމާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ފޭރުން
އެންސިސްގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ 19 އަހަރާއި 20 އަހަރުގެ ދެ ފިރިހެނުން

ރާއްޖޭގައި ފުޅާދާއިރާއެއްގައި މަހުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏެއް ކަމަށްވާ އެންސިސްގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 19 އަހަރާއި 20 އަހަރުގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ހައްޔަރުކޮށްފައިވަނީ ދެ ދިވެހިންނެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ ދެމީހުން ހައްޔަރު ކުރީ މިދިޔަ އަންގާރަ އާއި ބުދަ ދުވަހުއެވެ.

އެންސިސްގެ 2.7 މިލިއަން ރުފިޔާ ފޭރިގެންފައިވާ މައްސަލާގައި މީގެކުރިން ހަ މީހަކު ހައްޔަރުކޮށްފައިވާއިރު ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި އެންސިސްގެ ދެ މުވައްޒަފުން ހިމެނެއެވެ.

މިހާދިސާ ހިނގީ ހުޅުމާލޭގެ ސެންޓްރޯ މޯލްގައި ހިންގާ މޮރިޝަސް ބޭންކުގެ ބްރާންޗުން ފައިސާ ނަގައިގެން އެންސިސްގެ މުވައްޒަފުން ވެހިކަލަށް އަރަން ދަނިކޮށެވެ.

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު މިފައިސާތައް ފޭރިގެންފައިވަނީ ސައިކަލެއްގައި ދިޔަ ބައެކެވެ. ފައިސާތައް ފޭރިގަތުމަށް އައި މީހުން ތިބީ، މޫނު ނިވާނުކޮށް ކަމަށް ވާތީ، އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތަކަށް އެ މީހުން އަރާނެ ކަމަށް ބެލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް