ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 00:57
ގުޅިފައިވާ ޕާޓީތަކުން މަކުނުދޫގައި ބޭއްވި ޖަލްސާގެ ތެރެއިން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވާހަކަ ދައްކަވަނީ
ގުޅިފައިވާ ޕާޓީތަކުން މަކުނުދޫގައި ބޭއްވި ޖަލްސާގެ ތެރެއިން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވާހަކަ ދައްކަވަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިޚާބު 2018
އިބޫ އާއި ގުޅުވައި ކޮރަޕްޝަނާއި ވައްކަމުގެ ވާހަކައެއް އަޑު ނީވޭނެ: ރޮޒައިނާ
އިބޫއަކީ ހުރިހާ އެންމެންނާއި ގުޅިގެން މަސައްކަތްކުރެވޭނެ ބޭފުޅެއް

ގުޅިފައިވާ އިދިކޮޅު އިއްތިޙާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އާއި ގުޅުވައި ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަތައް ނީވޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބޫއާއިއެކު ހދ. މަކުނުދޫގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އިބޫއަކީ ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތަކެއް ހިންގަވާނެ ބޭފުޅެއް ނޫންކަމަށެވެ. އަދި ޕްރޮޖެކްޓްތައް ސަރުކާރުން ހަވާލުކުރާނީ ހަމަ އަގުގައިކަމަށާއި، ހުޅުވާލެވިފައިވާ ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިންކަމަށް އިބޫ ވިދާޅުވުމުން އެވާހަކަ ޤަބޫލުކުރައްވާކަމަށެވެ. އަދި މިސަރުކާރުން ސުޕަރމެޖޯރިޓީއާއިއެކު ވެރިކަމަށް އައިސް ކުރީ 'ސުޕަރ ވައްކަން' ކަަމަށާއި، ހިންގީ 'ސުޕަރ ކޮރަޕްޝަން'ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަންވެސް ކުރައްވާ ރޮޒައިނާ އިޝާރާތް ކުރެއްވީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕީއާރް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ ޚިޔާނާތުގެ މައްސަލައަށެވެ. 

ރޮޒައިނާ ވިދާޅުވީ ކޮރަޕްޝަން މަދުކުރައްވައި، ހަމައަގުގައި ސަރުކާރުގެ މަސައްކަތްތައް ހަމައަގުގައި ހަވާލުކުރައްވާނެކަމަށް ވިދާޅުވުމުން އިބޫއަށް ސެލިއުޓްކުރައްވާކަމަށެވެ.

އިބޫއާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އިބޫއަކީ ހުރިހާ އެންމެންނާއި ގުޅިގެން މަސައްކަތްކުރެވޭނެ ބޭފުޅެއްކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ރޮޒައިނާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން، އިބޫއަކީ އިދިކޮޅު މެމްބަރެއްކަން އެނގިވަޑައިނުގެން ވާހަކަ ދެއްކެވުމުންވެސް އިބޫ ވަރަށް ރަނގަޅަށް ވާހަކަ ދައްކަވައި، މަޝްވަރާ ދެއްވިކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

މަކުނުދޫގައި ބޭއްވި ގުޅިފައިވާ އިއްތިހާދުގެ ކެމްޕެއިން ޖަލްސާގައި އެދާއިރާ ތަމްސީލް ކުރައްވާ އަދާލަތު ޕާޓީގެ އަނާރާ ނައީމްއާއި، އިއްތިޙާދުގެ އެހެން ޕާޓީތަކުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް