ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 23:02
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރަނިންގމޭޓް އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވަނީ
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރަނިންގމޭޓް އިންތިހާބުގައި ވާދަކުރެއްވުމަށް ފޯމް ހުށަހެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ރާއްޖެ ޓީވީގެ ރިޔާސީ ބަހުސްގެ ދައުވަތު އިބޫ އާއި ފައިސަލް ގަބޫލުކުރައްވައިފި
ބަހުސްގެ އުސޫލްތައް ކަނޑައަޅާނީ މަޝްވަރާ ކުރުމަށްފަހު

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިންގމޭޓުންގެ މެދުގައި ބޭއްވުމަށް ރާއްޖެ ޓީވީން އިންތިޒާމުކުރާ ބަހުސްގެ ދައުވަތު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އަދި އެ މަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމް ގަބޫލުކުރައްވައިފި އެވެ.

ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވި ގޮތުގައި ބަހުސް ބާއްވާނެ ތާރީޚަކާއި ތަނަކާއި އަދި ބަހުސްގެ ދާއިރާތައް ކަނޑައަޅާ ބަހުސް ކުރިއަށް ގެންދާނެ ފޯމެޓް ކަނޑައަޅާނީ، ކެންޑިޑޭޓުންނާއި ރަނިންގ މޭޓުންގެ ފަރާތްޕުޅުން ހިޔާލު ހޯއްދެވުމަށް ފަހު ކަމަށެވެ.

"އުސޫލްތައް އަޅުގަނޑުމެން ކަނޑައަޅާނީ ކެންޑިޑޭޓާއި ރަނިންގމޭޓްގެ ފަރާތުން ކަނޑައަޅާ ބޭފުޅަކާ މަޝްވަރާކުރުމަށް ފަހު،" ފިޔާޒު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އެކަންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް