ކ. މާލެ
|
13 އޯގަސްޓް 2018 | ހޯމަ 00:05
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ދަ ނޭޝަން
ރިޔާސީ އިންތިހާބު 2018
މިނިވަން އިންތިހާބެއް ބޭއްވުމުގެ މަގު ފަހިކޮށްދިނުމަށް މޯދީ ގޮވާލައްވައިފި
ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން މޯދީ ވަޑައިނުގަންންވަނީ ރާއްޖެއަށް
އިންޑިއާ ސަރުކާރުގެ އެއްވެސް ގޮވާލުމަކަށް މިހާތަނަށް އިޖާބަ ދީފައެއް ނުވޭ
އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރަސްތަކެއް އެބަހުރި

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމުގެ މަގުފަހިކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހި ސަރުކާރަށް ގޮވާލައްވައިފިއެވެ. 

ޓައިމްސް އޮފް އިންޑިއާއަށް އީމެއިލް މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި މޯދީ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހަކީ ބައިނަލްއަގްވާމީ މައިދާނުގައި ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެވިފައިވާ ކަމެއް ކަމަށެވެ. އިންޑިއާގެ އުއްމީދަކީ ވީހާވެސް އަވަހަށް ގާނޫނާއި އެއްގޮތަށް އެކިއެކި މުއައްސަސާތަކަށް މަސައްކަތްކުރުމުގެ ފުރުސަތު ދިވެހި ސަރުކާރުން ދިނުން ކަމަށާއި ރާއްޖޭގެ ޖުޑީޝިއަރީއަށް ވެސް މިނިވަންކަމާއި ހަމަހަމަކަމާއެކު ދެފުށް ފެންނަ ގޮތަކަށް މަސައްކަތްކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް މޯދީ ވިދާޅުވެފައިވެއެވެ. މިފަދަ ފުރުސަތުތައް ދެވުމާއެކު މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ މަގު ކޮށިގެންދާނެ ކަމަށް ވެސް މޯދީ ފާހަގަކުރައްވާފައިވެއެވެ. 

އިންޑިއާގެ ބޮޑުވަޒީރު ވެސް ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު ވިލާތުގެ އިއްތިހާދާއި އެމެރިކާއިން ވެސް އަންނަނީ ރާއްޖޭގެ ސިޔާސީ މަސްރަހު އިސްލާހުކުރުމަށް ބާރު އަޅަމުންނެވެ. ވަކިން ހާއްސަކޮށް ވިލާތުގެ އިއްތިހާދުން ވަނީ ރާއްޖޭގައި ގާނޫނުގެ ބާރު ހިންގުމަށް ހުރަސް އަޅައި އިންސާނީ ހައްގުތަކަށް އަރައި ގަންނަމުންދާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައެވެ. 

އިންޑިއާގެ ސަރުކާރުން ރާއްޖޭގެ ހާލާތާއި ގުޅިގެން އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެކެއް ފެބްރުއަރީގައި ސިޔާސީ ހައްޔަރީން މިނިވަންކޮށް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެންނެވެ. ދިވެހި ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން އެ ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ހައްޔަރު ކުރުމާ ވިދިގެން އިންޑިއާ އިން ވަނީ އެ ފަނޑިޔާރުން މިނިވަން ކުރުމަށް ވެސް ގޮވާލާފައެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން އިންޑިއާ ސަރުކާރުގެ އެއްވެސް ގޮވާލުމަކަށް މިހާތަނަށް އިޖާބަ ދީފައެއް ނުވެއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ގޯސްވާން މެދުވެރިވި ސަބަބަކީ ރާއްޖެއިން އިންޑިއާގެ ބަދަލުގައި ޗައިނާއާއި ގުޅުން ބަދަހި ކުރުމެވެ. މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަލާމަތަށް ނުރައްކާތަކެއް އޮތް ކަމަށް އިންޑިއާއިން ބުނެފައިވާއިރު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން މޯދީ ވަޑައިނުގަންނަވާ ހަމައެކަނި ގައުމަކީ ރާއްޖެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް