ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 18:01
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ސަބްރާ
ޒުވާނުންގެ ދުވަސް
ކޯލިޝަން ސަރުކާރެއްގައި ޒުވާނުންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް އިޖާބަދޭނެ: ރައީސް ނަޝީދު
ޑިމޮކްރަސީ ނުރައްކަލަށް ހުށަހެޅޭ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ނިކުންނަނީ ޒުވާނުން

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ޒުވާނުންގެ ބޭނުންތަކަށާއި ކަންބޮޑުވުންތަކަށް އިޖާބަދޭނެކަމަށް އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރަސީ ނުރައްކަލަށް ހުށަހެޅޭ ކޮންމެ ފަހަރަކު އެންމެ ފުރަތަމަ ނިކުންނަނީ ޒުވާނުންކަމަށާއި، ޑިމޮކްރަސީ ސަލާމަތްކުރަނީ ޒުވާނުންގެ މަސައްކަތުންކަމަށެވެ. ރައީސް ނަޝީދު ވަނީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ޒުވާނުންނަށް ފޮނުއްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު އެމްޑީޕީ އިސްވެ އޮވެ އެކުލަވާލާފައިވާ އިދިކޮޅު އިއްތިޙާދުގެ މެނިފެސްޓޯގައި ޒުވާނުންނަށް ގިނަ ކަންތައްތަކެއް ހުށަހަޅާފައިވެއެވެ. އަދި ވެރިކަންކުރާ ޕާޓީ ޕީޕީއެމްއިންވެސް ޒުވާނުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ދަނީ ވައުދުވަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައިވެސް ވޯޓުލުމުގެ ހައްޤުލިބިގެންވާ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ޒުވާނުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް