ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 15:07
އަރީފް ރައްޔިތުންގެ މަޖްލީހުގެ ބައެއް މެމްބަރުންނާއެކު
އަރީފް ރައްޔިތުންގެ މަޖްލީހުގެ ބައެއް މެމްބަރުންނާއެކު
ވީނިއުސް
ނޫސްވެރިކަމުގެ ހާލަތު
މިނިވަން ނޫސްވެރިކަމަކީ މިނިވަންކަމުގެ މައިބަދަ: އަރީފް
މިނިވަންކަމުގެ މައިބަދައަކީ މީޑިއާ
މީޑީއާތަކަށް ޖެއްސުން ކުރުން ހުއްޓާލަން ގޮވާލި

ދިވެހިރައްޔިތުންގެ މިނިވަންކަމުގެ މައިބަދައަކީ މިނިވަން ނޫސްވެރިކަމާއި މިނިވަން މީޑިއާތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެން އަރީފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އުތުރުގެ ބައެއް އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ނޮޅިވަރަމްގައި ހުންނަވާ ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ ސަރުކާރުން މީޑީއާތަކާއި މިނިވަން ނޫސްވެރިކަމަށް ކުރަމުންދާ ޖެއްސުން ހުއްޓާލަންޖެހޭ ކަމަށެވެ.

އަރީފް ވިދާޅުވީ މިނިވަން މީޑިއާތަކާއި ނޫސްވެރިމަކީ ދިވެހިރައްޔިތުންގެ މިނިވަންކަމުގެ މައިބަދަ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ޙަޤީގަތް ހާމަކޮށް ދިނުމަށް ވަކި ފަރާތަކަށް ނުޖެހި ޚަބަރުތައް ގެނެސްދޭ ރާއްޖެޓީވީއާ އެނޫންވެސް މިނިވަން މީޑިއާތަކަށް ކުރާ ޖެއްސުން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށް އަރީފް ވިދާޅުވިއެވެ. 

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖެޓީވީގެ މެނޭޖްމަންޓާއި، ރާއްޖެޓީވީގެ ހީވާގި މުވައްޒަފުން ފަހަތަކަށް ނުޖެއްސޭނެއޭ، އެބޫފުޅުންގެ ހިތުގައިވެސް ވަނީ މި ގައުމަށްޓަކައި ވަރަށް މަތިވެރި، ވަތަނީ ލޯތްބެއް އުފެދިފައި" އަރީފް ވިދާޅުވިއެވެ.

ރާއްޖެޓީވީން ގައުމުގައި ހިނގަމުންދާ ކަންކަން ދެފުށްފެންނަހެން ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭތީ އެކަމަށް އަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އަރީފް ވިދާޅުވީ މިއަދު ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް ރައްޔިތުން އެއްބައިވަންތަވާންޖެހޭ ކަމަށެވެ. އަދި އެގޮތަށް ރައްޔިތުން އެއްބައިވެގެން ނުކުންނާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށްވެސް އަރީފް ވިދާޅުވިއެވެ.

އަރީފް ވިދާޅުވީ ސަރުކާރުން ހިންގާ ކޮރަޕްޝަނާއި އެނޫންވެސް ޤާނޫނާއި ޚިލާފު ކަންތައްތަކަށް ރައްޔިތުންގެ ލޯތަށްވަނީ ހުޅުވާލެވިފައި ކަމަށާއި، ސަރުކާރާއި ރައީސް ޔާމީން ގޮތް ދޫކުރައްވާ ރައްޔިތުންގެ ބަސް އަޑު އައްސަވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ރައީސް ޔާމީނަށް ދަންނަވަން ތި ނޭއްގާނީ ގޮތްގަނޑު އިތުރަށް ދަމަހައްޓަން މަސައްކަތް ނުކުރާށޭ، ޔާމީން މިހާރު އެދަނީ ރޭޑިއޯ ޕްރޮގްރާމްތަކުގައި އަޅުގަނޑުމެން ކުޑައިރު އެ ގެނެސްދޭ ވަކިވުމުގެ ކުރިން، އެ ޕްރޮގްރާމޭ މިހާރު ސަރުކާރުން ޖަހަމުން އެގެންދަނީ" އަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް