ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 14:55
ފާރިސްގެ ފަރާތުން އޭނާގެ ވަކީލު ސިރާޖު އަބުރުފުޅު ފަންޑަށް އެހީވެ ދެއްވަނީ
ފާރިސްގެ ފަރާތުން އޭނާގެ ވަކީލު ސިރާޖު އަބުރުފުޅު ފަންޑަށް އެހީވެ ދެއްވަނީ
ޙުސައިން ޙަސަން
ރާއްޖެޓީވީގެ އަބުރުފުޅު ފަންޑު
ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް ފާރިސް އެހީވެ ދެއްވައިފި
އެހީވެދިނީ ސަރުކާރެއްގައި ކުރަމުން މިދާ ކަންތައްތަކަށް އިޖާބަ ނުދޭނެކަން އެންގުމުގެ ގޮތުން

ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް ޖަލަށްލާފައި ހުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އެހީވެ ދެއްވައިފިއެވެ.

ފާރިސްގެ ފަރާތުން ރާއްޖެޓީވީގެ އަބުރުފުޅު ފަންޑަށް އެހީވެ ދިނީ އޭނާގެ ގާނޫނީ ވަކީލު މޫސާ ސިރާޖެވެ.

ސިރާޖު ވިދާޅުވީ ފާރިސް ގަބޫލުކުރައްވާގޮތުގައި މިނިވަން ޑިމޮކްރަސީގެ އެންމެ ބޮޑު އެއް އަސާސަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށާއި މިސަރުކާރުން ކުރަމުންދާ ކަންތައްތަކަށް އިޖާބަ ނުދިނުމުގެ ގޮތުންކަމަށެވެ. އަދި ޚިޔާލު ފާޅުކުރުން ނެތް ތަނެއްގައި ޑިމޮކްރަސީއެއް ނުހިނގާނެކަން ފާރިސް ގަބޫލުކުރައްވާކަމަށް ސިރާޖު ވިދާޅުވިއެވެ.

"ފައިސާ ހުށައެޅި މައިގަނޑު އެންމެ ބޮޑު އެއް ސަބަބަކީ ފާރިސް ގަބޫލު ކުރާގޮތުގައި ޑިމޮކްރަސީއެއްގެ އެންމެ ބޮޑު އެއް އަސާސަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން. އެމިނިވަންކަން ހިފެހެއްޓޭނެ ސަރުކާރެއްގައި ކުރަމުން މިދާ ކަންތައްތަކަށް އިޖާބަ ނުދޭނެކަން އެންގުމުގެ ގޮތުން ރާއްޖެޓީވީއަށް އެހީވެ ދިނީ." ސިރާޖު ވިދާޅުވިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ ހަތަރު ވަނަ ފަހަރަށް ޖޫރިމަނާކޮށް، ދެ މިލިއަން ރުފިޔާ ދެއްކުމަށް އެންގުމާ ގުޅިގެން "ރާއްޖެޓީވީ އަބުރުފުޅު ފަންޑު" ހުޅުވާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. ރާއްޖެޓީވީ ކުރިމަތީގައި ބޭއްވި ރަސްމިއްޔާތެއްގައި އަބުރުފުޅު ފަންޑު ހުޅުއްވައި ދެއްވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އީބޫ)އެވެ. ރާއްޖެޓީވީއަށް އެހީތެރިވުމަށްޓަކާ އަބުރުފުޅު ފަންޑު އިބޫ ހުޅުވައިދެއްވުމާ އެކު، ރާޢްޖެޓީވީއަށް ތާއިދު ކުރާ ގިނަ ފަރާތްތަކުން އަންނަނީ ރާއްޖެޓީވީއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
12 އޯގަސްޓް 2018 | އާދީއްތަ 12:37
faarish bappa
faarish konthaakun hodhi ruffiyaaeh tho