ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 12:48
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ހދ. ނިޅިވަރަމްފަރުގައި
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ހދ. ނިޅިވަރަމްފަރުގައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ތިން ދުވަހުގެ ތެރޭގައި ހދ.ގެ 13 ރަށަކަށް އިބޫ ވަޑައިގަންނަވާނެ
މިއަދު ފަސް ރަށަކަށް ވަޑައިގަންނަވާނެ
މާދަމާ ވެސް ފަސް ރަށަކަށް ވަޑައިގަންނަވާނެ
ބޮޑު ޖަލްސާ ބާއްވަނީ ކުޅުދުއްފުށީގައި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ތިން ދުވަހުގެ ތެރޭގައި ހދ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިބޫ އަށް ކަނޑައެޅި ފަހުން އެމަނިކުފާން ހދ. އަތޮޅަށް ވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަޑައިގަންނަވާނީ އެ އަތޮޅު ނޮޅިވަރަމްފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށެވެ.

ހޯމަ ދުވަހު އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ނޭކުރަންދޫއަށެވެ. އެ އަށް ފަހު ވައިކަރަދޫ، ކުމުންޑޫ، ކުރިނބީ އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެއެވެ. އެ ދަތުރުގައި ހދ. އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބާއްވާނެއެވެ. އަދި އަންގާރަ ދުވަހު ނޮޅިވަރަމް، ފިނޭ، ހަނިމާދޫއަށް އެމަނިކުފާން ވަޑައިގަންނަވާނެއެވެ.

މި ދަތުރުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާކަން ފާހަގަކޮށްލެއެވެ. އިބޫ ހދ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެ އަތޮޅުގެ ރަށްތަކުގައި ދިރިއުޅޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުން ދަނީ އެމަނިކުފާނުގެ ދަތުރުފުޅަށް ތައްޔާރުވަމުންނެވެ. އެގޮތުން ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމާއި، ހުޅުވަން ހަމަޖެހިފައިވާ ޖަގަހަތަކުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
12 އޯގަސްޓް 2018 | އާދީއްތަ 07:56
ޔަސް
ތިތާނެއް ކަމުދާކަހަޅަ އެކެއް ވެސް