ކ. މާލެ
|
12 އޯގަސްޓް 2018 | އާދީއްތަ 12:40
ހަނިމާދޫއަށް އިބޫ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ދަންނަވާފައި
ހަނިމާދޫއަށް އިބޫ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ދަންނަވާފައި
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރީރަޖިސްޓްރީ ކުރި މީހުންގެ އަދަދު އެއްލައްކައަށް އެރީ ކީއްވެގެންތޯ ބަލަންޖެހޭ: އިބޫ
މިއީ އަޅުގަނޑުމެންގެ ހިސާބުތަކަށް ވުރެ ބޮޑު އަދަދެއް
ފަހަރުގައި ވެދާނެ މަޖުބޫރުކޮށްގެން ރީރަޖިސްޓްރީ ފޯމް ފުރުމުން، އަލުން ރީރަޖިސްޓްރީ ފޯމް ހުށައެޅީކަމަށް ވެސް
ރީ ރަޖިސްޓްރޭޝަން ފޯމް ފުރާފައިވާ ބައެއް ފަރާތްތައް ރީ ރެޖިސްޓަރ ނުވާކަމުގެ ޝަކުވާތައް ލިބިފައިވޭ

ވޯޓުލުމުގެ ހައްގު ލިބިގެންވާ 263,000 (ދެލައްކަ ފަސްދޮޅަސް ތިންހާސް) ރައްޔިތުންގެ ތެރެއިން 100،000( އެއްލައްކަ) އެއްހާ މީހުން ރީ ރިޖިސްޓްރީކޮށްފައިވާ ކަމުގެ މައުލޫތު ލިބޭ ކަމަށާއި، އެ އަދަދު ނުކުތީ ކޮންގޮތަކުންތޯ ބަލަން ޖެހޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހދ އަތޮޅަށް ގުޅިފައިވާ ޕާޓީން ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަމްފަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ހޮނިހިރު ދުވަހުގެ ނިޔަލަށް ރީރަޖިސްޓްރީކުރުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވިއިރު، ރީރަޖިސްޓްރީ ކުރި މީހުންގެ އަދަދު އެއްލައްކައަށް އެރިގޮތް ބަލަންޖެހޭ ކަމަށެވެ. މިއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިސާބުތަކަށް ވުރެ ބޮޑު އަދަދެއް ކަމަށް އިބޫ ވިދާޅުވިއެވެ.

"ރޭގެ ނިޔަލަށް މި ވަނީ، ރީރަޖިސްޓްރޭޝަންގެ ރަޖިސްޓްރީ ކުރުމުގެ ވަގުތު ހަމަވެފައި، ހަބަރު ލިބޭ ގޮތުގައި ގާތްގަނޑަކަށް އެއްލައްކައެއްހާ މީހުން އެބަ އޮތް، ތިމާ ދިރިއުޅޭތަން ނޫން ތަންތަނަށް ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފަ، މިއީ އަޅުގަނޑުމެންނަން ފެންނަ ހިސާބުތަކުން ދައްކާ ގޮތުގައި ބޮޑު އަދަދެއް، މީގާ މި އަދަދު ނުކުތީ ކީއްވެގެންތޯ ބަލަންޖެހޭ، ފަހަރުގައި ހުރެދާނެ ސަރުކާރުގެ އޮފީސްތަކުން ގަނޑުކޮށް މަޖުބޫރުކޮށްގެން އޮފީސްތަކުގެ މުވައްޒިފުން ލައްވާ ފޯމް ފުރުވާފާ، އެއަށް އިތުބާރު ނުކުރެވިގެން، އަމިއްލައަށް ރަޖިސްޓްރީ ކޮށްފަ ހުރި ކަމަށް ވެސް" ނޮޅިވަރަމްފަރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

ހދ އަތޮޅަށް އިބޫ ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން 

އިބޫ ވިދާޅުވީ އެ އަދަދު ނުކުންނަން ޖެހުނީ ސަރުކާރުގެ މުވައްޒިފުންނަން މަޖުބޫރުކޮށްގެން ރީރަޖިސްޓްރޭޝަން ފޯމް ފުރުމުން، މަޖުބޫރުކޮށްގެން ފުރި ފޯމްތަކަށް އިތުބާރުނުކޮށް އަލުން ރީރަޖިސްޓްރީ ފޯމް ފުރުމުން ކަމަށްވެސް ވެދާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ވޯޓް ރަޖިސްޓްރީ ކުރެވިފައިވަނީ ކޮން ރަށަކަށްތޯ ބަލާ ޗެކްކުރުމަށް އިބޫ އެދިވަޑައިގެންނެވިއެވެ.

ނޮޅިރަމްފަރުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެދާއިރާގެ މެމްބަރު ހުސެއިން އަރީފަކީ އިސްލާހީ މަސައްކަތުގައި ހިތްވަރާއެކު މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށެވެ. އަދި އަރީފު އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިހާބުކުރެއްވުމަކީ އެދާއިރާގެ ރައްޔިތުން އިސްލާހީ މަސައްކަތުގައި ސާބިތުކަމާއި އެކު ތިއްބެވިކަމުގެ ހެއްކެއް ކަމަށް އިބޫ ވިދާޅުވިއެވެ.

އެހެންކަމުން ނޮޅިވަރަމްފަރުގެ ރައްޔިތުން އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓް ދެއްވުމަށް އިބޫ ގޮވާލެއްވިއެވެ. އަދި ނޮޅިވަރަމްފަރުގައި ދަނޑުވެރިކަން ކުރާ ގިނަ ރައްޔިތުން ދިރިއުޅޭ ކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމަ އަގުލިބޭނެގޮތަށް މާރކެޓަށް ނެރެވޭނެ ގޮތް ގާއިމްކޮށްދެއްވާނެކަމަށެވެ. އެކަން ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނިފައިވާނެ ކަމަށް އިބޫ ފާހަގަކުރެއެވިއެވެ.

ތިން ދުވަހުގެ މި ދަތުރުފުޅުގައި އިބޫ ހދ. އަތޮޅުގެ 13 ރަށަކަށް ވަޑައިގަންނަވާނެއެވެ. މިއީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި އިބޫ ކަނޑައެޅި ފަހުން އެމަނިކުފާން ހދ. އަތޮޅަށް ވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ދަތުރުފުޅުއެވެ. މި ދަތުރުފުޅުގައި އާދީއްތަ ދުވަހު އިބޫ ވަޑައިގަންނަވާނީ އެ އަތޮޅު ނޮޅިވަރަމްފަރު، ހިރިމަރަދޫ، ނެއްލާއިދޫ، ނައިވާދޫ އަދި މަކުނަދޫއަށެވެ. އިބޫ އާއި ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ނޮޅިވަރަމްފަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް