ކ. މާލެ
|
11 އޯގަސްޓް 2018 | ހޮނިހިރު 22:29
އިދިކޮޅު ސިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް
އިދިކޮޅު ސިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރައީސް ޔާމީން ޖަވާބުދާރީ ކުރުވާނީ ޤާނޫނީ އިމުގެ ތެރެއިން: އިބޫ
ގާނޫނާއި ޚިލާފަށް ރައީސް ޔާމީނާއިމެދު އަމަލެއް ނުކުރާނެ
ރައީސް ޔާމީންވެސް ޖަވާބުދާރީވާނެ

ރައީސް އަބްދުﷲ ޔާމީން ޤާނޫނާއި ޚިލާފަށް ކުރައްވާފައިވާ ކަންކަމުގައި އެމަނިކުފާނާއިމެދު އަމަލު ކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ވަކި މީހަކާއި މެދު ވަކި ގޮތެއް ނުގެންގުޅޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ޤާނޫނާއި ޚިލާފަށް ކޮށްފައިވާ ކަންކަމުގައި އަމަލު ކުރާނީ ޤާނޫނީ އިމުގެތެރެއިން ކަމަށެވެ. އަދި ޤާނޫނު ހިންގުމުގައި ވަކި ފަރާތެއް އިސްތިސްނާ ނުކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ރައީސް ޔާމީނަށްވެސް ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ޤާނޫނީ އިމުގެ ބޭރުން އެއްވެސް ކަމެއް އިއްތިހާދުގެ ސަރުކާރަކުން ނުކުރާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވި ގޮތުގައި ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ރައީސް ޔާމީން ޖަވާބުދާރީ ވެވަޑައިގަންނަވާނެއެވެ.

އިބޫ މިހެން ވިދާޅުވެފައިވާ އިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ރައީސް ޔާމީނާމެދު ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ގާނޫނީ އަސާސީއާ ޚިލާފަށް ސަރުކާރުން އެތައް ކަމެއް ކުރަމުން އަންނަ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ.

މީގެ އިތުރުން ޖުޑިޝަރީއަށް ނުފޫޒް ފޯރުވުމާއި، ކޮރަޕްޝަނާއި އަނިޔާވެރިކަން މި ސަރުކާރުގައި ހައްދުފަހަނަ އަޅާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 30 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް